ދިވެހި ފުލުހުންގެ ޚިދުމަތުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކޮންމެ ފުލުހަކުވެސް އަމިއްލައަށް އަހުލުވެރިވެ، މުއައްސަސާގެ ޕްރޮފެޝަނަލް އަދި އަހުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ގޮވާލައްވައިފިއެވެ.
ކޮމިޝަނަރ މިހެން ގޮވާލެއްވީ، މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ފުލުހުންގެ ރޭންކުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުންގެ އިތުރުން ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ދައުލަތުގެ އެހެން މުއައްސަސާތަކާ އަޅާބަލާއިރުވެސް އެންމެ ގިނައިން ގަވާއިދުތަކާއި އުސޫލުތަކާއި އެސް.އޯ.ޕީތައް ލިޔެވި، އަމަލުކުރެވެމުންދަނީ ފުލުހުންގެ މުއައްސަސާގައި ކަމަށެވެ. އަދި މި ހުރިހާ ގަވާއިދުތަކަކީ ފަސޭހައިން ބަލައިލެވޭނެހެން ފެންނަން ހުރި ތަކެތި ކަމަށްވާއިރު، މުއައްސަސާއާ ގުޅުމަށްފަހު އެއިން އެއްވެސް ގަވާއިދެއް ނޭނގުމަކީ ފަރުދީގޮތުން އެއްވެސް މުވައްޒަފަކަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ބައެއް ފަހަރު އިދާރީގޮތުން މުވައްޒަފުންނަށް ކުރެވޭ ބައެއް ކުށްތަކާ ގުޅިގެން އެކަންކަން ބަލާ ފަރާތްތަކުން ސުވާލުކުރުމުން، ގަވާއިދު ނޭނގޭ ކަމަށް ބުނެ ވަރަށް ފަސޭހައިން ޖަވާބުދޭ. މައްސަލަ ބަލާ ފަރާތްތަކުން ގަބޫލުކުރާނެ ހުއްޖަތެއް ނޫން އެއީކީއެއް. ފިޔަވަޅު އަޅަން ޖެހުމުން އަމަލުކުރާނީ ލިޔެވިފައި އޮތް އެއްޗަކަށް. މުވައްޒަފަށް އެކަން ނޭނގުމަކީ ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ސަބަބެއް ނޫން،" ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުންނަށް ދިމާވާ އިދާރީ އަދި އެހެނިހެން މައްސަލަތަކުގައި އެތެރޭގެ ނިޒާމުގެ ބަދަލުގައި ބޭރުން ހައްލު ހޯދަން މަސައްކަތް ކުރުމަކީ އިދާރީ ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެއްކަން ފާހަގަކުރަށްވައި، ކޮމިޝަނަރ ވަނީ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ބުއްދި އިސްކޮށް ހިކުމަތްތެރިކަމާއެކު މައްސަލަތަކަށް ހައްލު ހޯދުމަށް އެދިވަޑައިގެންފައެވެ. އަދި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ފިޔަވަޅު އެޅުމުގެ ކަންކަން ހިންގަނީ ގާނޫނާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި، ރަނގަޅު ގޮތުގައި ހިދުމަތުގައި ދެމިހުންނަ މުވައްޒަފަކާމެދު ނުހައްގުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން، އަމަންއާންމު ބެލެހެއްޓުމުގައި ނުތަނަވަސްކަން އަންނަ ހާލަތްތަކުގައިވެސް ކެތްތެރިކަން އިސްކޮށް، ބޭއަދަބީކޮށް ވާހަކަނުދެއްކުމަށް ހަނދާންކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި އެރުވުނު އަހުލާގީ ކުލައާއި މެޑަލްތަކަކީ ފުލުހެއްގެ އަހުލާގާއި ފެންވަރު ރަމްޒުކޮށްދޭ މަތިވެރި ޝަރަފެއްކަން ފާހަގަކުރައްވަމުން، މިފަދަ ޝަރަފުތައް ލިބުމަށްފަހު އަހުލާގީ މައްސަލަތަކުގައި ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އަށް ހާޒިރުވާންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ޝަރަފުތައް އަނބުރާ އަތުލަންޖެހޭ ފަދަ ހާލަތަކަށް އަމަލުތައް ގޮސްގެން ނުވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މުވައްޒަފުންގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވަނީ، ވޭތުވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި 400 އަށްވުރެ ގިނަ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެވިފައިވާއިރު، 400 އަށްވުރެ ގިނަ ފުލުހުންނަށް ވަނީ އެކި ކުލައާއި މެޑަލް އަރުވާފައި ވާކަން ހާމަކުރަށްވާފައެވެ. އަދި 4 ގިންތިއަކުން 518 ފުލުހަކަށް ހިދުމަތުގެ ހަނދާނީ ފިލާ ދިނުމަށް ނިންމައި ގިނަ ފަރާތްތަކަކަށް މިހާރު ފިލާ ހަވާލުކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ހައްގުވާ ކުރިއެރުމާއި ޝަރަފުތައް ލަސްނުވެ ދެވޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ.
ސީޕީ އަޙްމަދު މުޙައްމަދު ވަނީ ކުރިއަށް އޮތް ތަނުގައި މުވައްޒަފުންގެ އަހުލާގީ މައްސަލަތައް މަދުކޮށް، އުސޫލުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަވާނެކަން އިއުލާނު ކުރަށްވައި، ގާނޫނީ ވާޖިބު އަދާކުރުމުގައި އަހުލާގު ރަނގަޅު، އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު