ރާއްޖޭގެ ބޯޑަރ ހުޅުވިފަހުން އެންމެ ގިނަ ފަސިންޖަރުން ރާއްޖެއަށް ގެނެސްފައިވަނީ އެމިރޭޓްސް އެއާލައިނުން ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން ޖުލައި 15 އިން ފެށިގެން 25 އޮކްޓޯބަރުގެ ނިޔަލަށް އެމިރޭޓްސްގެ 178 މޫމަންޓް ރިކޯޑް ކުރެވިފައިވާއިރު، އެ މުއްދަތުގައި އެ އެއަރލައިނުން ރާއްޖެ އައި ފަސިންޖަރުންގެ އަދަދަކީ 14987 އެވެ.
ދެވަނައަށް 206 މޫމަންޓާއެކު 14690 ފަސިންޖަރުން ޤަތަރު އެއަރވޭސް އިން އުފުލާފައިވާއިރު، ތިންވަނަ އަށް އޭރޯފްލޯޓުން ވަނީ 4639 ފަސިންޖަރުން އުފުލާފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން މިމަހުގެ 25 ގެ ނިޔަލަށް 37468 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހުގެ 25 ގެ ނިޔަލަށް ރާއްޖެއައި 18601 ފަތުރުވެރިންނެވެ.

Weekly Update on #Maldives tourism and COVID-19 situation
— Ministry of Tourism (@MoTmv) October 29, 2020
29 Oct 2020.https://t.co/7xbV5QZhMx
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން މިމަހުގެ 25 ގެ ނިޔަލަށް 37468 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހުގެ 25 ގެ ނިޔަލަށް ރާއްޖެއައި 18601 ފަތުރުވެރިންނެވެ.
ކިޔުންތެރިންގެ ހިޔާލު