ވެރިކަން ކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ސިޔާސީ ކޮންގްރެސް 1,300 އަށްވުރެ ގިނަ މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ޔޫތު ސެންޓަރުގައި ފަށައިފިއެވެ.
މި މަހުގެ 15 އިން 18 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ޤައުމީ ތަރައްޤީގެ އާ އުންމީދުތަކަކާއެކު ފެށި މި ކޮންގްރެސްގެ ފުރަތަމަ ދުވަހު ހެނދުނު 07:00 ގައި ބޭއްވި ފުރަތަމަ ސެޝަނަށްފަހު، ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތާއި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ސެޝަންތައް މިއަދު ރޭގަނޑު 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު 16 އަދި 17 ވަނަ ދުވަހު، ޕާޓީގެ ނައިބު ރައީސުންނާއި މަތީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން ވަޒީރުންގެ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޒުވާނުންނާއި އަންހެނުންގެ ހާއްސަ ހަރަކާތްތަކާއި، އަލަށް އެކުލަވާލެވޭ މަގާމުތަކުގެ އިގުރާރުވުމާއި، ޕީއެންސީގެ މުސްތަގުބަލުގެ ތަސައްވުރު ހާމަކުރުމުގެ މުހިންމު ހަރަކާތްތައްވެސް މި ދެ ދުވަހު އޮންނާނެއެވެ.
މި ކޮންގްރެސް ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވާ ހުކުރު ދުވަހުއެވެ. އެ ދުވަހު ކޮމިއުނިކޭޝަންސް ސެޝަނަކާއި، އެކުވެރިކަމުގެ 'ވިލުނޫ ހަވީރު' ކުރިއަށްދާއިރު، ރޭގަނޑު 20:00 ގައި އޮންނާނީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތާއި ފޮޓޯ ސެޝަނެވެ.
ޕީއެންސީން ގަބޫލުކުރާ ގޮތުގައި މި ކޮންގްރެސްގެ ސަބަބުން ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމާއި ޖޯޝް އިތުރުވެ، ގައުމުގެ ތަރައްގީގެ ކަންކަން އާ އުސްމިންތަކަކަށް ގެންދިއުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު