ދިވެހިރާއްޖެއަށް ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން ވަރކް ވިޒާއަށް ބަދަލުނުވެވޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބިޒްނަސް ވިޒާއަކީ ވިޔަފާރީގެ ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތްތައް ގެންނަންޖެހޭ ޙާލަތްތަކުގައި ދޫކުރެވޭ ވިޒާއެއް ކަމަށެވެ.
ނަމަވެސް، ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި ނަހަމަ ގޮތުގައި ބިޒްނަސް ވިޒާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު، ވަރކް ވިޒާއަށް ބަދަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ވުޒާރާގެ ބަޔާނުގައިވެއެވެ.
އެހެންކަމުން މި އުޞޫލު އިޞްލާޙުކޮށް ވިޒާގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، 15 ސެޕްޓެމްބަރ 2026 އިން ފެށިގެން ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި ރާއްޖެއަށް އެތެރެވާ އެއްވެސް ބިދޭސީއަކަށް ރާއްޖޭގައި ހުރެގެން ވަރކް ވިޒާއަށް ބަދަލުނުވެވޭނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
އަދި މި ވިޒާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެ ކަމަށް ވެސް ވަޒީފާދޭ އެންމެހައި ފަރާތްތަކަށް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ. އަދި މި ނިންމުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1485 ނަންބަރަށް ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން މިގޮތަށް އަންގާފައިވާއިރު، އިއްޔެ ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ނަމުގައި ވީ އެންމެ އަވަހަކަށް ބޭންކު އެކައުންޓު ހުޅުވުމަށް، ވަޒީފާދޭ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު