ސައިކަލެއްގެ މަޑިދަށުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މީހަކު 17 އަހަރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ޅ. ހިންނަވަރު، ކަފިދޫގޭ، ހާރޫން ޖައިލަމްގެ މައްޗަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ފޮރުވައިގެން އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުން ފެނުނު ތަޅުދަނޑި ބޭނުންކޮށްގެން، އޭނާ ދުއްވި ސައިކަލް ފާސްކުރިއިރު ސައިކަލުގެ މަޑިދަށުން ކިލޯއަކަށް ވުރެ ގިނަ ކެނަބިސް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހާރޫން ޖައިލަމްގެ މައްޗަށް ދައުލަތުން އުފުލި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އަދި އޭނާ ވަނީ މި މައްސަލައިގައި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާގެ އަދަބު 17 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކުރުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.
އެހެންކަމުން، އެ އެއްބަސްވުމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ހާރޫން ޖައިލަމް 17 އަހަރަށް ޖަލަށްލުމުގެ އިތުރުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި މި ޖޫރިމަނާގެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށްވެސް ހުކުމުގައި ވަނީ އަންގާފައެވެ.
ހާރޫން ޖައިލަމް 17 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް، މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 15 އަހަރާއި 11 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު