ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އަންނައަހަރުގެ ބަޖެޓް މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި ބަޖެޓާގުޅޭ އިތުރު ތަފްސީލްތައް ފިނޭންސް މިނިސްޓަރު ބަޖެޓް ސްޓޭޓްމަންޓް މަޖިލީހަށް ހުށަހަޅުއްވާއިރު ދެއްވާނެ ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ހުށައަޅާފައިވަނީ ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް އެނގިފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް އެ އަހަރެއްގެ އޮކްޓޯބަރު 31ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ދައުލަތަށް ލިބެމުންދާ އާމްދަނީ ދަށްވެފައިވާތީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ހާމަކޮށްފައެވެ. މިއަހަރުގެ ބަޖެޓް ހުށަހަޅާނެ ދުވަހެއް ރައްޔިތުންގެ މަޖިލީހުން އަދި ތާވަލްކޮށްފައެެއް ނުވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން