ޒަހީނުއްދީން ސަޢީދު   1 ނޮވެމްބަރު 2020 - 15:0
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގައި އެއްވެސް ފެކްޝަނެއް ނޯއްނާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އިމްތިޔާޒް ފަހުމީ ( އިންތި) ވިދާޅުވީ، އެމްޑީޕީގައި އެއްވެސް ފެކްޝަނެއް ނެތް ކަމަށާއި، އެވާހަަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަނީ ފިތުނަ އުފެއްދުމަށް ކަމަށެވެ. ރައީސް އިބްރާޙީމް މުހައްމަދު ޞާލިހާއި، ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންނަށް ދެރަ ގޮތެއް ހައްދަވާނެ ދެ ބޭފުޅުން ނޫން ކަމަށް އިންތި ވިދާޅުވިއެވެ. އެއީ ސިޔާސީގޮތުން ވިސްނުންތެރި ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށް އިންތި ވިދާޅުވިއެވެ.

"އެދެބޭފުޅުން އެމްޑީޕީ އަކަށް ދެރަގޮތެއް ނަހައްދަވާނެ، އެމްޑީޕީއަކީ މިރާއްޖޭގެ ރައްޔިތުންނަށް އޮތް ހަމައެކަނި އުއްމީދު. އެތައް ބައިވަރު ރައްޔިތުންތަކެއް އެތައް ގުރުބާނީތަކެއް ވެގެން އަޅުގަނޑުމެންނަށް މި ހިސާބަށް މި އާދެވުނީ. ރައީސް ޔާމިންގެ ސަރުކާރު ބަލިކަށިނުވެ އެދިޔަ ގޮތަށް ދިޔަނަމަ ރާއްޖޭގައި ހުރިހާ ރައްޔިތުންގެ އުއްމީދުތައް އެ ހިސާބުން އެދިޔައީ. އަޅުގަނޑުމެން ހިފަހައްޓާ ދޫނުކޮށް ހިފެހެއްޓި ހިފެހެއްޓުމުން މިހިސާބަށް މި އާދެވުނީ." އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތައް ހުރި ކަމުގައި ވީ ނަމަވެސް ޕާޓީން ކަމެއް ވަކިގޮތަކަށް ނިއްމައި ވިޕްލައިން ނެރެ ވޯޓާ ހިސާބަށް ދާންވާއިރަށް އެކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.

"އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިއްމާ ކަންކަންދާނީ ޕާޓީގެ އެތެރޭގެ ޑިޝިޝަނާއި ހަމަޔަށް ދިޔުމުގައި ހިނގާ ޚިޔާލު ފާޅުކުރުމާއި ދެބަސްވުމާއި މިކަންކަން އެހެން ދިޔައެއް ކަމަކު ވޯޓާ ހިސާބަށް ގޮސް ނިއްމާ ނިއްމުންތަށް އެ އަންނަނީ ވޯޓަށް ގޮސް ވިޕްލައިންއަށް ތަބާވެ، ހުރިހާ ބޭފުޅުން އެމަސައްކަތް ކުރިއަށް އެބަގެންދޭ." އިންތި ވިދާޅުވިއެވެ.

އިންތި މިހެން ވިދާޅުވި ނަމަވެސް ދާދިފަހުން ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނަށް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ތާއިދު އޮތް ކަމަށް އެޕާޓީގެ ޕީޖީ ގުރޫޕުން ނިއްމާފައިވަނިކޮށް އެމްޑީޕީގެ މެމްބަރުންތަކެއް ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައެވެ. މީގެ އިތުރުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އިތުބާރު އޮތް ކަމަށް އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ހާމަކުރައްވާފައިވަނިކޮށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ އެމައްސަލަ ގައުމީ މަޖިލީހަށް ހުށައެޅުއްވުމަށް ނިއްމަވައި އަދި ފައްޔާޒު އިސްތިއުފާ ދެއްވުމަށް އަމިއްލަފުޅަށް ވެސް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ގައުމީ ލޯބި

03-Nov-2020

ތީ ކަލޭ އާއިލާ ތަނެއް ދޯ..?



ޓްރެންޑިން