ލ. ގަމުގައި އިއްޔެ ކުރިއަށްދިޔަ ސައިކަލް ރޭސިން މުބާރާތެއްގެ ތެރެއިން، ސައިކަލު ކޮންޓްރޯލް ނުވެ މޫދަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު ލ. ގަމުގައި ބޭއްވި "ރޭސިން ޗެމްޕިއަންޝިޕް- ލާމު އެޑިޝަން" މުބާރާތުގެ ތެރެއިންނެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެ ސައިކަލު ދުއްވަން އިން އުމުރުން 20 އަހަރުގެ ޒުވާނާއާއެކު މޫދަށް ވެއްޓިގެން ހިނގި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 09:54 ހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ވަގުތުން އެ ޒުވާނާ މޫދުން ނަގައި، ސިއްހީ އަވަސް ފަރުވާއަށްޓަކައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހާލަތު ސީރިއަސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ އައިސީޔޫގައި އެނދުމަތިކޮށްގެން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި އޭނާ ވަނީ މާލެ ގެނެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާއަށް ލިބިފައިވާ ބޮޑެތި އަނިޔާތަކާ ގުޅިގެން މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު