ފެމެލީ ކޯޓް
ފެމެލީ ކޯޓް
ރަސްމީ ގަޑިތަކެކޭ އެއްގޮތަށް، ނުރަސްމީ ގަޑިތަކުގައި ވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފެމިލީ ކޯޓުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ހަމައެކަނި ރަސްމީ ގަޑީގައި ކައިވެނިކޮށްދޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސް މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ނުރަސްމީ ގަޑިތަކުގައި ވެސް ކައިވެނިިކޮށްދޭނެ ކަމަށެވެ.

އެގޮތުން ނުރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ރޭގަނޑު 9:00 އާ ހަމައަށް ކަމަށާއި ނުރަސްމީ ގަޑީގައި ކުރާ ކައިވެނީގައި ނަގާނީ މީގެކުރިން ވެސް ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކައިވެންޏަށް ނަގަމުން އަންނަ ފީ ކަމަށް ފެމިލީ ކޯޓުން ހާމަކުރެއެވެ. މި ބަދަލު ގެނައި ނަމަވެސް ކައިވެނީގެ މަޖިލިސްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ފެމެލީ ކޯޓުން މައުލޫމާތުދެއެވެ.

މި ބަދަލު ގެނައީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން ގެންދިއުމާ އެކު ހިދުމަތް ހޯދާ މީހުންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށް ފެމެލީ ކޯޓުން ބުނެ އެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން