މާލޭގެ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިންތު
މާލޭގެ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިންތު
މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުންދިނުމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އޭނާގެ ކާރު މަރާމާތު ކޮށްދެއްވައިފިއެވެ.

މާލޭގައި ހަމައެކަނި ޓެކްސީ ކުރާ އަންހެން ޑްރައިވަރު އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މިއީ ފަސް ވަނަ ފަހަރެވެ. މިނިސްޓަރު މަޚުލޫފްގެ ފަރާތުން އައިންތުއަށް ގުޅައި، ކާރު ވަނީ މަރާމާތުކޮށްދީފަ އެވެ. އެ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން އައިންތު މިއަދު ވަނީ ޓެކްސީކުރަން ފަށައިފަ އެވެ.

މީހެއްގެ އަތުން ކުއްޔަށް ނަގައިގެން ދުއްވާ އައިންތުގެ ޓެކްސީ އަށްގެއްލުން ދިނުމުން އެ ހަދަން ކޮންމެ ފަހަރަކު ވެސް 11،000 އާއި 14،000ރ. ދެމެދުގެ އަދަދެއް ޚަރަދުވާ ކަމަށް އޭނާ ބުނެފައިވެއެވެ. އައިންތު ބުނީ ކާރަށް ގެއްލުން ދިނުމުން މިފަހަރު އޭނާ ހުރީ ގޮތް ހުސްވެފައި ކަމަށެވެ. ގޭ ކުއްޔަށް 18،000ރ. ދައްކާފައި ފެނާއި ކަރަންޓާއި ދެ ކުދިންގެ ޚަރަދުތަކަށް ފަހު ކާރު މަރާމާތުކުރަން އޭނާގެ އަތުގައި ފައިސާ ނެތިފައި ހުއްޓާ މިނިސްޓަރުގެ އެހީ ނުލިބުނު ނަމަ، މި މަހު އޭނާގެ ޚަރަދުތައް ދެކޮޅު ނުޖެއްސުނީސް ކަމަށް އައިންތު ވަނީ ބުނެފައެވެ.

މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ވަނީ ތުހުމަތުކޮށްފައެވެ. ޑްރަގް ކޯޓުގެ ކުރިމަތީގައި ކާރު އޮއްވައި މިފަހަރު، ކާރަށް ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން