އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ނޮވެމްބަރު 3 ފާހަގަކުރުމަށް އިދިކޮޅުން ބާއްވާ ޖަލްސާ ވާރޗުއަލް ކޮށް ބާއްވަން އަންގައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ނޮވެމްބަރު 3 ގެ ޒިކުރާ އާލާކުރަން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ހުއްދަ ހޯދަން އެދި އެޗްޕީއޭގައި އެދުމުން، ޖަލްސާ ”ވާޗުއަލް“ ކޮށް ބޭއްވުމަށް، ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ޖަލްސާ އެގޮތަށް ނުބޭއްވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެެވެ. މިއީ ސީދާ މިސަރުކާރުން ރާވައިގެން އެކޯލިޝަނަށް ކުރަމުންދާ ޖެއްސުމެއް ކަމަށާއި، އަދުގެ ސަރުކާރުން 3 ނޮވެމްބަރު ފާހަގަ ކުރަން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މައިމޫނާ އަންގަވާގޮތަކަށް ކަންތައްތަށް ކުރާކަން ނޫން މިތިބީކީ. ވާރޗުއަލްކޮށް ޕީޕީއެމުން ޖަލްސާ ބާއްވަން ކަމަނާ ބޭނުމިއްޔާ ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންނާއި މުޅި ސަރުކާރު ގަނޑުކޮށް އެބަޖެހޭ ވާރޗުއަލްވާން. ތިގޮތަށް ތަފާތުކޮށްގެން އެއަށް އަމަލުކުރާކަން ނޫން މި ތިބީ." ޝުޖާއު ވިދާޅުވިއެވެ.

އަދި މިސަރުކާރުގެ ކަލަންޑަރުގައި އެދުވަސް ނެތް ކަމުގައި ވީނަމަވެސް އިދިކޮޅު ކޯލިޝަންގެ އިތުރުން ދިވެހި ލޮބުވެތި ރައްޔިތުންގެ ކަލަންޑަރުގައި ނޮވެމްބަރު 3 އަބަދުވެސް އޮންނާނެ ކަމަށާއި، އެދުވަހުގެ ޒިކުރާ އަބަދުވެސް އާލާ ކުރާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

"ބަޑި ބުރާސްފަތި" މިނަމުގައި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން މަސައްކަތް ކުރަމުންދާ ބަޑި ބުރާސްފަތި ޖަލްސާ ރާވާފައި ވަނީ ނޮވެމްބަރު ތިންވަނަ ދުވަހުގެ ރޭ 8:00ގައި ކާނިވާ ސަރަހައްދުގައި ބޭއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން