ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޚާއްސަ ރިޒޯޓެއް ހޯދުމަށް ޓުއަރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވާ އަދި ކޮންޓެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ފަތުރުވެރިންނާއި މުވައްޒަފުން އެ ރިޒޯޓުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ އެރިޒޯޓަކީ މަދުވެގެން 50 (ފަންސާސް) ކޮޓަރީގެ ރިޒޯޓަކަށް ވާން ޖެހޭއިރު އެ ރިސޯޓަކީ ކ، އއ، އދ، ނުވަތަ ވ. އަތޮޅުގެ ރިސޯޓަކަށް ވާން ޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ. މީގެއިތުރުން ތިން މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިޒޯޓް ލިބެން ވާނެ ކަމަށާއި، ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެން ވާނެ ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ. މީގެއިތުރުން ޓޫރިޒަމުން ބުނީ އެ ރިޒޯޓަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވާން ޖެހޭނެ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް 10 ނޮވެންބަރު ވާ އަންގާރަ ދުވަހުގެ 13:00ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 16 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

މާސްޓަރ

03-Nov-2020

އެހެން އެއްވެސް ކަމެއްނޫން. ސަރުކާރުން ކުއްޔަށް ކޮންމެހެން ހިފަންޖެހޭ ރިސޯޓުކޮޅެއް އެބަހުރި.



ޓްރެންޑިން