ސިނަމާލޭ ބްރިޖު:ބްރިޖް ހައިވޭގައި ވަނީ އެކްސިޑެންޓެއް ހިނގާފަ
ސިނަމާލޭ ބްރިޖު:ބްރިޖް ހައިވޭގައި ވަނީ އެކްސިޑެންޓެއް ހިނގާފަ
ސިނަމާލޭ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭ މަތީ މަސައްކަތެއްކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަހަމްތަކެއް ލިބުމާ ގުޅިގެން އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެކްސިޑެންޓުވި އަންހެން މީހާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:35 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން