ސިނަމާލެ ބްރިޖު-
ސިނަމާލެ ބްރިޖު-
ސިނަމާލެ ބްރިޖުމަތީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:21 އެހައިކަންހާއިރު، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭނުގައެވެ.

ފުލުހުންގެ މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދުއްވަން އުނދަގޫވެގެން ބްރިޖުގެ އެއްފަރާތުގައި މަޑުކޮށްފައި އިން ސައިކަލެއްގައި، ފަހަތުން ބާރު ސްޕީޑުގައި އައި އެހެން ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން 30 އަހަރުގެ ޒުވާނާއަށެވެ. އަދި އޭނާއަށް ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ އިރު، ހޮސްޕިޓަލާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ފައިގެ ކަށިމަތި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް