ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައްދަލުކުރައްވަނީ
ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާ އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިއްމައިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

އަލަށް ދޭން ނިންމާފައިވާ ލުއިތަކާއެކު އިންޑިއާ ސަރުކާރުން ވަނީ ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދަ ދިނުމަށް ނިންމައި އެކަން ރާއްޖެ އަށްވެސް އަންގާފައެވެ. މިކަން ހަމަޖެހިފައިވާކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހު އެވެ.

މިހާރުވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. ފޮރިން މިނިސްޓްރީން ބުނީ ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޚާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލްގެ ތެރެއިން ދަތުރުކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން