ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހަންމަދު މުއިއްޒު ( ކ ) މާލޭގެ މޭޔަރު ޝިފާ މުހަންމަދު ( ވ)
ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހަންމަދު މުއިއްޒު ( ކ ) މާލޭގެ މޭޔަރު ޝިފާ މުހަންމަދު ( ވ)
ސުނާމީ ބިނާ އެކި ފަހަރު މަތިން މަރާމާތު ކޮށްފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވުމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ހޫނު ރައްދެއް ދެއްވައިފިއެވެ.



އާންމުންގެ ތެރެއިން މީހަކު އެ ބިނާ ވަރަށް ބޮޑަށް ހަލާކުވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް ކުރި ޓްވީޓެއް ރީޓްވީޓްކުރައްވައި މާލޭގެ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފަސް ފަހަރު އެ ތަން މަރާމާތު ކޮށްފި ކަމަށެވެ.

ޝިފާގެ މިވާހަކައަށް ރައްދު ދެއްވައި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހަންމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭޔަރު ޝިފާ ވިދާޅުވާ މަރާމާތުތައް ކުރި ތަން ފެނުނު މީހަކު މާލޭގައި ހުރި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ކުރީގެ ސަރުކާރުގައި އެފަދަަ ތަންތަން ދިޔައީ ވަރަށް ބޮޑަށް ބަަލަހައްޓަމުން ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި ތިޔަ ތަން ވެސް އަދި ދެން އަޅުގަނޑުމެން ހެދި 11 ޕާކް ވެސް ގެންދިޔައީ ކޮންމެ ދުވަހަކު ކުނި ކަހާ، ސާފުތާރިކޮށް ބަލަހައްޓަމުން، މިހާރު މި ފެންނަ އިހްމާލްގެ މަންޒަރެއް އޭރު ނުފެންނާނެ." ޑރ.މުއިއްޒު ވިދާޅުވިއެވެ.

ލޮނުޒިޔާރަތްކޮޅުގައި އެންމެ ފުރަތަމަ ހުރި ސުނާމީ ބިނާ މާލެ ހުޅަނގު ދެކުނު ކޮޅުގައި އޮންނަ ތިންރުށްޕާކަށް ބަދަލުކޮށް އެތަން ރީތި ޕާކަކަށް ބަދަލުކޮށް ތަރައްގީކޮށް ހުޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައެވެ. މި ބިނާއަކީ 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ނިޔާވި ދިވެހިންގެ ހަނދާނުގައި ބަހައްޓާފައިވާ ބިނާއެކެވެ.


ކިޔުންތެރިންގެ ހިޔާލު


5

އައްޑޫ މީހާ

03-Nov-2020

ކޮބާ މުޢިއްޒު ހީވޭތޯ ތިބޭފުޅާ އައްޑޫގެ މަގުތައް 2018 ގެ ނިޔަލަށް ނިންމެވީ ވެސް ތިޔަ ވިދާޅުވާ ގޮތަށް އެހެން މީހުންގެ ލޮލަށް ނުފެންނަ ގޮތަށް ދެއްތޯ?



ޓްރެންޑިން