ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކި ކުރި މައްސަލައިގެ ޝަރީއަތް މި މަހު 19 ވަނަ ދުވަހު ފަށާ ގޮތަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޑރ. މުހަންމަދު ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔައީ ގާނޫނާާ ހިލާފަށް ކަމަށް ބުނެ މިދިޔަ އަހަރު ޖަމީލް ހުށަހެޅުއްވި އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ސްޕްރީމް ކޯޓުން ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުރިހަމަ ބެންޗުންނެވެ. މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލު ކުރި ފަހުން އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެން ބައްލަވާ ފުރަތަމަ މައްސަލަ ކަން ފާހަގަކޮށްލެވެއެވެ.

ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އޭރު މަޖިލީހުގެ މެޖޯރިޓީ އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މެންބަރުން ހުށަހަޅައިގެން ކުރިއަށް ގެންދަނިކޮށް ޑރ. ޖަމީލު ވަނީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ. އެއަށް ފަހު ރައީސް ޔާމީިންގެ ސަރުކާރު ނިމެންދެން ޖަމީލް ހުންނެވީ އިނގިރޭސި ވިލާތުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިއްޕަވައިގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ބޭރުގައި ހުންނަވައި މިހާރުގެ ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ވެސް ކުރެއްވި ޖަމީލް ނިމިދިޔަ މަޖިލީހުގެ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ވަނީ އަލުން ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. މިހާރު ޑރ.ޖަމީލަކީ ޕީޕިއެމްގެ އެޑްވައިޒަރެވެ.


ކިޔުންތެރިންގެ ހިޔާލު


-9

އަލީ

03-Nov-2020

ޖަމީލް ވަކި ކުރީ ގަވައިދާ ހިލާފައް



ޓްރެންޑިން