ޔަހޫދީ އިސްރާއީލުން ޣައްޒާގެ ކުށެއްނެތް އާންމުންނަށް އަމާޒުކޮށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުތަކުގައި، ހަށިގަނޑުގެ ގުނަވަންތައް ވަކިވެ، ނުކުޅެދުންތެރިކަން ތަހައްމަލުކުރަން ޖެހިފައިވާ އެތައް ހާސް ކުޑަކުދިންނަށް ބޭނުންވާ ވީލްޗެއަރ ފަދަ ޒަރޫރީ އާލާތްތައް ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން ހުރަސްއަޅަމުންދާކަން ހާމަވެއްޖެއެވެ.
އިސްރާއީލުގެ މި ހިތްހަރު އަދި ރަހުމުކުޑަ އަމަލުތަކުގެ ސަބަބުން، ހަނގުރާމައިގެ ޝިކާރައަކަށްވެ ޒަޚަމްވެފައިވާ އެތައް މައުސޫމް ކުދިންނެއް ވަނީ އެއްތަނުން އަނެއްތަނަށް ހަރަކާތްތެރިވެ ނޫޅެވި، އަސާސީ ދިރިއުޅުމުން ވެސް މަހުރޫމުވެ ހަތަރެސްފައި ބަންދުވެފައެވެ.
ހިތްފަޅައިގެންދާ ފަދަ މި ހިތާމަވެރި ހާލަތުގައި، ޔަހޫދީންގެ އަނިޔާވެރި ބޮމުގެ ހަމަލާއެއްގައި ހަށިގަނޑުގެ ގުނަވަން ގެއްލި ނުކުޅެދޭ ކުއްޖަކަށް ވެފައިވާ އުމުރުން އެންމެ 8 އަހަރުގެ ލަޔާން އަސަލިއްޔާ ވަނީ، އޭނާއާއި އޭނާ ފަދަ އެތައް ހާސް ކުދިންނަށްޓަކައި ވީލްޗެއަރ އެތެރެކުރުމުގެ ފުރުސަތު ދިނުމަށް އެދި ދުނިޔެއަށް އަޑުއުފުލާ އާދޭސްކޮށްފައެވެ. ލަޔާން ފަދަ އެތައް ހާސް ކުދިންނެއްގެ މައުސޫމް ޅަފަތުގެ އުފާތައް ޖަހައިގަނެވިފައިވާއިރު، އެކުދިން މިއަދު ތިބީ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އިންސާނީ އެހީތެރިކަމުން ވެސް އެއްކޮށް މަހުރޫމްކޮށްފައެވެ.
އދ. (ޔޫއެން) އާއި ޔުނިސެފްގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، އިސްރާއީލުގެ އަނިޔާވެރި އުދުވާންތަކުގައި މިހާތަނަށް 44،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޒަޚަމްވެ ލޭއޮހޮރުވިފައެވެ. މީގެ ތެރެއިން އެތައް ހާސް ކުދިންނެއްގެ އަތްފައި ބުރިކޮށްލަން ޖެހިފައިވާއިރު، އެ މައުސޫމް ކުދިންނަށް ވަނީ މުޅި އުމުރު ދުވަހު ނުކުޅެދޭ ހާލުގައި، ވޭނާއި ކެކުޅުމުގައި ދިރިއުޅެން މަޖުބޫރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު