އާސެނަލްގެ ކެޕްޓަން ޕިއެރީ އެމެރިކް އަބްމަންޔަން
އާސެނަލްގެ ކެޕްޓަން ޕިއެރީ އެމެރިކް އަބްމަންޔަން
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް 0-1 އިން އާސެނަލް ކުރި ހޯދައިފިއެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޕިއެރީ އެމެރިކް އަބްމަންޔަންގެވެ.

ރޭގެ މެޗަކީ މެން.ޔުނައިޓެޑުގެ ކޯޗް ސޯލްޝެއާގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު 100 ވަނަ މެޗެވެ. އޭގެ ތެރެއިން 55 މެޗް ޔުނައިޓެޑް ވަނީ މިހާތަނަށް ކާމިޔާބު ކޮށްފައެވެ. 21 މެޗުން އެއްވަރުވެފައިވާއިރު ބަލިވެފައި ވަނީ 24 މެޗުންނެވެ. މިއީ ޔުނައިޓެޑުގެ ތާރިހުގައި އެކްލަބުދުށް އެންމެ މޮޅު ކޯޗް ސަރ އެލެކްސް ފާގަސަންގެ ފުރަތަމަ 100 މެޗުގައި ހޯދި ނަތީޖާތަކަށްވުރެ ރަގަޅު ނަތީޖާތަކެކެވެ. ފާގަސަންގެ ފުރަތަމަ ސަތޭކަ މެޗުގެ ތެރެއިން މޮޅުވެވުނީ 48 މެޗުންނެވެ.

މި ނަތީޖާއާ އެކު އާސެނަލް ވަނީ 12 ޕޮއިންޓް ހަމަކޮށް ތާވަލުގެ އަށްވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. ޔުނައިޓެޑް 15 ވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން