2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުން އޮންނާނީ އަންނަ ހޯމަދުވަހުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ބަޖެޓް ލިބިފައިވާކަމަށާއި ނަމަވެސް ބަޖެޓްގެ ތަފްސީލް މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ މަޖިލީހުގެ ތަޅުމަށް ބަޖެޓް ހުށަހެޅުމުންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ބަހުސް މަޖިލީހުގައި ފަށާނީ ބަޖެޓް ތަޅުމަށް ހުށަހެޅުމަށްފަހު 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުކަމަށެވެ. އަދި އަންނަ މަހުގެ ކުރީކޮޅު ބަޖެޓް ފާސްކުރުމަށް މަަސައްކަތް ކުރައްވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވާގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން