ފުލުހުންގެ ތެރޭގައި ބަޣާވާތްކޮށްގެން ތިބި ފުލުހުން ތިބިހާ ހިނދަކު ފުލުހުންގެ މުއައްސަސާ އިސްލާހު ނުވާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.
އަންހެން ޓެކްސީ ޑްރައިވަރަށް އިންސާފު ނުލިބޭކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅުދައްކަވަމުން ޚަލީމް ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި މައްސަލަ އުޅެނީ ހޯމް މިނިސްޓަރަކަށް ޝައިޚް އިމްރާން ހުންނެވުމުން ނޫންކަމަށެވެ. ފުލުހުންގެ މުއައްސަސާގައި މައްސަލަތައް އުޅެނީ އެތަނުގައި ބަޣާވާތުގައި ބައިވެރިވި ފުލުހުން ތިބުމުންކަމަށް ދޮންބިލެއް ވިދާޅުވިއެވެ. އަދި އެއީ މިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާކަމަށް އޭނާ ވިދާޅުވިއެވެ.
"ފުލުހުންނަށް މިއަދު ރަނގަޅަށް މަސައްކަތް ނުކުރެވިގެން އުޅެނީ ބަޣާވާތުގެ ސަބަބުން. ބަޣާވާތްކުރި ފުލުހުން އެތިބީ ފުލުހުންގެ ތެރޭގައި. އެފުލުހުން އެތިބީ ބްލެކްމެއިލްވެފައި. އެފުލުހުން އެތިބީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައި. އެތަނަށް ޝައިޚް އިމާރާނެއް ނޫން. އެތަނަށް އެމެރިކާގެ ހޯމް މިނިސްޓަރު ގެނަޔަސް ރަނގަޅެއް ނުކުރެވޭނެ ބަޣާވާތްކޮށްގެން ތިބި ފުލުހުން ތިބިހާ ހިނދަކު." ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ހަލީމް ވިދާޅުވިއެވެ.
މިމައްސަލައިގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ފުލުހުންގެ މުއައްސަސާގައި ތިބީ ކޮރަޕްޓް ބައެއްކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި އެމީހުން ފުލުހުންގެ ތެރެއިން ވަކިކޮށްގެން ނޫނީ ފުލުހުންގެ މުއައްސަސާ އިސްލާހު ނުވާނޭކަމަށް ސިރާޖު ވިދާޅުވިއެވެ.
"އިސްކޮށް ތިބި ބަޔަކު ބަދަލުވެގެން ނޫނީ ފުލުހުންގެ މުއައްސަސާ އިސްލާހެއް ނުވާނެ. ބޮޑެތި ކަންކަން ހިނގާއިރު، ކަމެއް ނުވާތަން މިފެންނަނީ.. ފުލުސް އޮފީސް އިސްލާހުކުރަން ކުރާ މަސައްކަތް އޮތީ ހުއްޓިފައި. މުޅި މައްސަލައަށް ހައްލެއް އަންނަނީ ޕޮލިސް ރިފޯމްކޮށްގެން. ރިޝްވަތު ނަގާ މީހުން ބޭރުކުރަންޖެހޭ." ސިރާޖު ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު "ބޮންޑޭ" ވިދާޅުވީ ފުލުހުންގެ މަސައްކަތް ހުރީ ދިވެހި ރައްޔިތުން ލަދު ގަންނަންޖެހޭ ހިސާބުގައިކަމަށެވެ. އަދި މިއީ ބަޣާވާތުގެ ސަބަބުން ދިމާވާ މައްސަލަތަކެއްގެ ގޮތުގައި ބޮންޑޭ ސިފަކުރިއެވެ.
"ޤައުމު މިއޮތީ ބަޣާވާތުގެ ތެރޭގައި ތާށިވެފައި. ސަރުކާރު މިއޮތީ ބަޣާވާތުގެ ތެރޭގައި ތާށިވެފައި، އެބޭފުޅުންނާއި އެބޭފުޅުން ނަގޫ ގޮށްޖެހިފައި. ޤާނޫނު ހެދިޔަސް ވާކަމެއް ނެތް ފެންނާކަށް. ރާއްޖެ ލަދު ގަންނަންޖެހޭ 5 ފަހަރަށް އަންހެނަކަށް ހަމަލާދިން އިރު ކަމެއް ނުކުރެވުނީ. ފުލުހުންނަށް ބިލިއަނުން ޚަރަދުކޮށްގެން ކޮންކަމެއްތޯ ވަނީ. ބަޣާވާތްކޮށްގެން ހުރި އެންމެ ފުލުހަކުވެސް ނުބަހައްޓާނަން ޕޮލިހުގައެއް." ބޮންޑޭ ވިދާޅުވިއެވެ.
މާލޭގައި ޓެކްސީ ޚިދުމަތްދޭ އަންހެނަކަށް ގޯނާކުރާ މައްސަލައިގައި މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައިގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމްޕީއެންސީ ކޯލިޝަންގެ މެމްބަރުންގެ ފާޑުކިޔުން އަމާޒުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށެވެ. އެގޮތުން ދާދިފަހުން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅޭގޮތުން އިމްރާން ދެއްކެވީ ދަށު ދަރަޖައިގެ ވާހަކައެއްކަމަށް އިދިކޮޅު މެމްބަރުން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު