ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓް
ކަނޑިންމަ ރިސޯޓުން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން 2 ސާމްޕަލް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރެޝަން ސެންޓަރ, އެޗްއީއޯސީން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ބުނީ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ކަނޑިންމަ ރިސޯޓުގެ 2 މުވައްޒަފުންކަމަށެވެ.

އެޗްއީއޯސީން ރޭ ވަނީ ކަނޑިންމަ ރިސޯޓުން ގިނަ ސާމްޕަލްތަކެއް ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެރިސޯޓުގައި މަސައްކަތްކުރާ 12 މުވައްޒަފަކާއި ފުރުމުގެ ކުރިން ޓެސްޓު ހެދުމަށްޓަކައި ނަގާފައިވާ 21 ޑިޕާޗަރ ސާމްޕަލްއެކެވެ. އަދިވެސް އިތުރު 149 ސާމްޕަލް ނަގާފައިވާކަމަށާއި އެ ސާމްޕަލްތައް މިރޭ ޓެސްޓުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހު ކޯވިޑް-19 ގައި ހާލުދެރަވެގެން ކަނޑިންމަ ރިސޯޓުން ވަނީ މީހަކު މަރުވެފައެވެ. އޭނާ މަރުވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައި ވަނީ، ނިޔާވިފަހުންނެވެ. އަދި މިހާރު އެރިސޯޓަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން