ޑޮކްޓަރ މުޙައްމަދު ޞާލިޙް
ޑޮކްޓަރ މުޙައްމަދު ޞާލިޙް
އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަށްފައިވަނީ ސ.ހުޅުދޫ، ކުއްޅަވައްގެ، ޑޮކްޓަރ މުޙައްމަދު ޞާލިޙްކަމަށެވެ. އަދި އޭނާ އެމަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.



ޑރ. ސާލިޙަކީ އައްޑޫ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއަކީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލް ހިންގެވުމުގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިއަށް އޮތް ދެތިން ހަތަރު ދުވަސް ތެރޭގައި އޭނާ ހޮސްޕިޓަލާ ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން