އަމިއްލައަށް ތިމަންނައަކީ މުސްލިމެއް ނޫން ކަމަށް އާންމުކޮށް އިޢުލާން ކޮށްފައިވާ އައިޝާ ވެރާލަށް ނިއުޒިލެންޑުގެ ކެބިނެޓްގެ މިނިސްޓަރުކަން ލިބުމުން، ދީނީ އިލްމުވެރިޔާ ޝައިޚް ހުސައިން ރަޝީދު އަހުމަދު އުފަލުން ފޮޅިއްޖެއެެވެ.
ހުސްވި މަހު ބޭއްވި އިންތިޚާބުގައި ނިއުޒީލެންޑު ޕާލިމެންޓަށް އިންތިޚާބުވި ދިވެއްސެއްކަމަށް ބުނާ އައެޝާ ވެރާލްއަށް އެޤައުމުގެ ކެބިނެޓުން ޖާގަ ލިބިފައިވާއިރު، ބައެއް ދިވެހިން ވެސް ދަނީ އެކަން ފާހަގަކުރަމުންނެވެ.
އިސްލާމްދީން ޤަބޫލުނުކުރާ އައެޝާއަށް މިނިސްޓަރުކަން ލިބުމުން އެންމެ ބޮޑަށް އުފާ ފާޅުކުރަށްވާފައިވާ އެއް ބޭފުކީ ރާއްޖޭގައި ދީނީ ދަރުސް ދެއްވުމާއި ދީނީ މައުލޫމާތު ހާމަ ކުރެއްވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝައިޚް ހުސައިން ރަޝީދު އަހުމަދުއެވެ.
ޝައިޚް ހުސައިން އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ ބޭރު ޤައުމެއްގައި ދިވެހި އަންހެން ބޭފުޅަކު މިހާ މަތީ މަޤާމުތަކަށް ވަޑައިގަތީތީ ނުހަނު އުފަލާއެކު މަރުހަބާއާއި ތަހުނިޔާ ދަންނަވާކަމަށެވެ. އަދި އުއްމީދު ކުރަނީ "ދުނިޔެއާއެކު އާޚިރަތްވެސް ބާއްޖަވެރިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް" ކަމުގައި ހުސައިން ވިދާޅުވިއެވެ.
ދިވެހި އަންހެން ބޭފުޅަކަށް ނިއުޒިލެންޑުގެ ސަރުކާރުގެ މިނިސްޓަރުކަން ލިބިވަޑައިގެން އުފާ ފާޅުކުރިޔަސް، އަދި އެބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އާއިލީ ބޭފުޅަކަށް ވިޔަސް، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުން މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން އޭނާއަކީ ދިވެއްސެއް ނޫނެވެ. ދިވެއްސަކަށްވުމަށް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނާ ޝަރުތުތަކެއް އެ ބުނާ އައިޝާ ވެރާލްގެ ހަމައެއް ނުވެއެވެ.
ފުރަތަމަ ކަމަކަށް އަޔެޝާ ވެރާލްއަކީ މުސްލިމެއް ނޫނެވެ. އޭނާއަކީ މުސްލިމެއް ނޫންކަމަށް ބުނެފައިވަނީ އޭނާ އަމިއްލައަށެވެ. މިއަހަރުގެ މޭމަހުގެ 24 ވަނަ ދުވަހު އަޔެޝާ ވެރާލް ކުރެއްވި ޓްވީޓުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. އެ ޓްވީޓްގައި އޭނާއަކީ މުސްލިމެއް ނޫންކަމަށް ވަރަށް ސާފުކޮށް ބުނެއެވެ.
މުސްލިމަކަށް ނުވުމުގެ އިތުރުން އޭނާއަކީ އިސްލާމްދީން މަނާކުރާ، އެއް ޖިންސުން ގުޅުން ހިންގުމަށްވެސް ތާޢީދުކުރާ މީހެއްކަމަށް ރާއްޖެއާއި ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެހެންކަމުން މުސްލިމަކަށް ނުވާ މީހަކު، އަދި އެއް ޖިންސުން ގުޅުން ހިންގުމަށް ތާޢީދުކުރާ މީހަކަށް ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ހުސައިން ރަޝީދު އެހާ ބޮޑަށް ތާއީދުކުރައްވަނީ ކީއްވެގެން ކަމާއިމެދު ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.
މުސްލިމެއް ނޫންކަމަށް ބުނާ މީހެއްގެ އަތުގައި ދިވެހި ޕާސްޕޯޓެއް އޮންނަ ކަމަށްބުނާ މައްސަލައިގައިވެސް ގިނަ ބައެއްގެ ފާޑުކިޔުން ވެރާލަށް އަމާޒުވެފައިވާއިރު، އޭނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. އައިޝާގެ މަންމައަކީ ނަޝީދުގެ މަންމާފުޅުގެ ކޮއްކޮއެކެވެ. އެހެންކަމަށްވާނަމަ އޭނާގެ އަތުގައި އޮތް ދިވެހި ޕާސްޕޯޓް އަތުލުމަކީ ނާދިރު ކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު އެ ޕާސްޕޯޓަކީ ދިވެހި ގާނޫނު އަސާސީ ބުނާ ގޮތުންނަމަ "ވެލިޑް" އެއްޗަކަށް ނުވާނެއެވެ. ނޫނީ ގާނޫނު އަސާސީ ބުނާ ގޮތުން އޭނާގެ ކިބައިން ދިވެއްސެއްކަން ކެނޑުނު ހިސާބުން އެއީ ސަރުކާރުގެ ކަމާބެހޭ ފަރާތުން ކެންސަލް ކުރަން ޖެހޭ އެއްޗެކެވެ. އަދި އޮތަސް އެވާނީ ރަމްޒީ އެއްޗަކަށެވެ.
ޝައިޚް ހުސައިން ރަޝީދު އެފަދަ ބޭފުޅަކަށް މަރުހަބާ ވިދާޅުވެ ތަޢުރީފު ކުރަށްވާފައިވަނީ ފަހަރެއްގައި އޭނާއަކީ މުސްލިމެއް ނޫންކަމާއި ދިވެއްސެއް ނޫންކަން އެނގިވަޑައި ނުގަންނަވާތީ ކަމަށް ވެދާނެއެވެ.

Although I'm not muslim I still celebrate Eid like my cousins showed me - sharing lots of curries with friends with a main course of political gossip. Thinking of my favourite muslim democrats @anedhivehirajje @nazimsat and so many others. Eid Mubarak
— Ayesha Verrall (@drayeshaverrall) May 24, 2020
މުސްލިމަކަށް ނުވުމުގެ އިތުރުން އޭނާއަކީ އިސްލާމްދީން މަނާކުރާ، އެއް ޖިންސުން ގުޅުން ހިންގުމަށްވެސް ތާޢީދުކުރާ މީހެއްކަމަށް ރާއްޖެއާއި ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެހެންކަމުން މުސްލިމަކަށް ނުވާ މީހަކު، އަދި އެއް ޖިންސުން ގުޅުން ހިންގުމަށް ތާޢީދުކުރާ މީހަކަށް ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ހުސައިން ރަޝީދު އެހާ ބޮޑަށް ތާއީދުކުރައްވަނީ ކީއްވެގެން ކަމާއިމެދު ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.
މުސްލިމެއް ނޫންކަމަށް ބުނާ މީހެއްގެ އަތުގައި ދިވެހި ޕާސްޕޯޓެއް އޮންނަ ކަމަށްބުނާ މައްސަލައިގައިވެސް ގިނަ ބައެއްގެ ފާޑުކިޔުން ވެރާލަށް އަމާޒުވެފައިވާއިރު، އޭނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. އައިޝާގެ މަންމައަކީ ނަޝީދުގެ މަންމާފުޅުގެ ކޮއްކޮއެކެވެ. އެހެންކަމަށްވާނަމަ އޭނާގެ އަތުގައި އޮތް ދިވެހި ޕާސްޕޯޓް އަތުލުމަކީ ނާދިރު ކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު އެ ޕާސްޕޯޓަކީ ދިވެހި ގާނޫނު އަސާސީ ބުނާ ގޮތުންނަމަ "ވެލިޑް" އެއްޗަކަށް ނުވާނެއެވެ. ނޫނީ ގާނޫނު އަސާސީ ބުނާ ގޮތުން އޭނާގެ ކިބައިން ދިވެއްސެއްކަން ކެނޑުނު ހިސާބުން އެއީ ސަރުކާރުގެ ކަމާބެހޭ ފަރާތުން ކެންސަލް ކުރަން ޖެހޭ އެއްޗެކެވެ. އަދި އޮތަސް އެވާނީ ރަމްޒީ އެއްޗަކަށެވެ.
ޝައިޚް ހުސައިން ރަޝީދު އެފަދަ ބޭފުޅަކަށް މަރުހަބާ ވިދާޅުވެ ތަޢުރީފު ކުރަށްވާފައިވަނީ ފަހަރެއްގައި އޭނާއަކީ މުސްލިމެއް ނޫންކަމާއި ދިވެއްސެއް ނޫންކަން އެނގިވަޑައި ނުގަންނަވާތީ ކަމަށް ވެދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު