ފުލުހުން ސީން އެއްގައި ހަރަކާތްތެރިވަނީ
ފުލުހުން ސީން އެއްގައި ހަރަކާތްތެރިވަނީ
މާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު ފެނުނު ރ.ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު ރަހީންކޮށް ބަޔަކު ފައިސާތަކެއް އަތުލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލްކޮށް ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިހާދިސާގައި ގެއްލުން ލިބުނު އަންހެން މީހާ ޑޮކަޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ. އިތުބާރު ހުރިގޮތަކަށް "ރަސް އޮންލައިން"އަށް އެނގިފައިވާގޮތުގައި އެ އަންހެންމީހާ ދޫކޮށްލީ އެ މީހުންނަށް 25،000 ރުފިޔާ ދިނުމުންނެވެ.

މިއަދު ހެނދުނު އޭނާ ފެނިފައިވާއިރު، މީގެ ކުރިން ފުލުހުން ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައި ކަމަށެވެ. އަދިިި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއިރު، ފޮޓޯ އާންމުކޮށް، އާންމުންގެ އެހީތެރި ކަމަށް ރޭ ވަނީ އެދިފައެވެ. އެ އަންހެން މީހާ މިއަދު ހެނދުނު 8:45 ހާއިރު އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން