1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އިން ރާއްޖެ ދިފާއު ކޮށްދިނުމުގެ ބަދަލުގައި ސިފައިން ތިބީ ފިލައި ކަމަށް ވިދާޅުވެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަތަކާއި ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީ ހޫނު ރައްދެއް ދެއްވައިފިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އިން ރާއްޖެ ދިފާއު ކޮށްދިނުމުގެ ބަދަލުގައި ބައެއް ސިފައިން ހަމަލާ ދީފާނެކަމުގެ ބިރަށްޓަކައި ތިބީ ފިލައި ކަމަށް ދޮންބިލެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. އަދި ސިފައިންގެ ބައެއް އިސް މީހުން ރޭންކުތައް ނައްޓާލައިގެން އެދުވަހު އުޅުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ދުވަހު ޑިފެންސް މިނިސްޓަރ އޮތީ ފާރެއް މަތިން ފުންމާލައިގެން އަތް ބިިންދައިގެން ގޮސްގެން. ރައީސުލްޖުމްހޫރިއްޔާވެސް އޮތީ ގޮށްޓެއްގެ ދަށަށް ވަދެ ފިލައި." ދޮންބިލެތް ވިދާޅުވިއެވެ.
ދޮންބިލެތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނޮވެމްބަރު 3 ގެ ހަމަލާއިން ރާއްޖެ ދިފާއު ކޮށްދިނުމުގައި އިސްރޯލެއް އަދާކުރެއްވި ބްރިގޭޑިއަރ ރިޓަޔަރޑް އިބްރާހީމް ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޭވެރިކަން ނެތި، ތަސައްރަފު ކެނޑިފައި ތިބޭ މީހުން މީގެކުރިންވެސް ފެނިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް ދޮންބިލެއް ހަލީމް ވަރުގެ ބޭފުޅަކު ފެނިވަޑައި ގެންފައި ނުވާ ކަމަށެވެ.
އިބްރާހިމް ދީދީގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވެސް އަންނަނީ ދޮންބިލެއް ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ އަށް ފާޑުކިޔަމުންނެވެ.
ދޮންބިލެއް މިއަދު ވިދާޅުވީ ސިފައިންގެ އިސް ބޭފުޅުންވެސް ވަދެ ފިލައި ތިއްބާ ރާއްޖެ ސަލާމަތް ކުރީ އިންޑިއާ ސިފައިން އައިސްގެން ކަމަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ގައި ޕްލޮޓް ޖަމާއަތުން ރާއްޖެ އަށް ހަމަލާ ދޭން ފެށުމުން ރައީސް މައުމޫން ބޭރުގެ އެހީއަށް ވަނީ އެދިވަޑައިގެންފައެވެ. ޢެގޮތުން އެމަނިކުފާނު އެދުވަހު އިންޑިއާގެ އިތުރުން އެމެރިކާ އާއި އަދި ބައެއް އެހެން ގައުމުތަކުގެ އެހީއަށް ވެސް އެދިވަޑައިގެންނެވިއެވެ. އިންޑިއާ ސިފައިންނަށް ރާއްޖެއާދެވުނީ ސއެދުވަހުގެ އިރުއޮއްސުނު އިރުއެވެ. އޭރު ހަނގުރާމަވެރިން ވަނީ ރާއްޖެ ނުހިފޭނެ ކަމަށް ނިންމާ ދިވެހިންތަކެއް ރަހީނު ކޮށްގެން ޕްރޮގްރެސްލައިޓްގައި ފުރާފައެވެ. ނޮވެމްބަރު 3 ގެ ހަމަލާގައި ކުށެއްގެ އާންމުންގެ 19 މީހަކު ބާޣީން ޝަހީދުކޮށްލާފައިވެއެވެ. ޢޭގެތެރޭގައި ސިފައިންގެ އަށް ބޭކަލަކު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު