ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ
ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަގައި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާގެ މައްޗަށް ގިނަ ދައުވާ ތަކެއް އުފުލައި އެމައްސަލަތަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ތުހުމަތު ކުރެވެނީ އާއިލާގެ ކުޑަފިރިހެން ކުއްޖަކާއި ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ. އެ މައްސަލާގައި އެދެމަފިރިން ފުލުހުން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޕީޖީ އޮފީހުން ބުނީ، އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް، އަދި އޭނާގެ އަނބީހާ ރިހުލާގެ މައްޗަށް ފަސް ދައުވާ އެއް އުފުލައި އެމައްސަލަތަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ޔުނާންގެ މައްޗަށް ކުރާ ދައުވާ ތަކަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާއަކާއި، އެ ކުޑަކުއްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާއަކާއި، އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަލަމެއް ހިންގުމާއި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ.

ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން އާއިލާގެ ކުޑަކުއްޖަަކާއެކު ޖިންސީ އަމަލެެއް ހިންގުމުގެ ދައުވާ ޔުނާންގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނާނީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ. މި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ޔުނާންގެ މައްޗަށް އެންމެ މަދުވެގެން 110 ނުވަތަ ގިނަވެގެން 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ރިހުލާގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުވެއްޖެނަމަ ރިހުލާގެ މައްޗަށް 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި އެފަދަ މަންޒަރެއް ދެއްކުމުގެ ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާއި ދެމެދުގެ ޖަލުގެ ހުކުމެއް ރިހުލާގެ މައްޗަށް އަންނާނެއެވެ.

ރިހުލާއަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އޭނާގެ މައްޗަށް 50 އަހަރު އަދި ގިނަވެގެން 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. މިމައްސަލައިގެ ޝަރީއަތް ނިމެންދެން ޔުނާންގެ ދެމަފިރިން ވަނީ ބަންދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން