ސައިރިކް ކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް
ސައިރިކް ކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް
ހުޅުމާލެއިން ކޮލެޖް އަދި ޔުނިވަރސިޓީ އެޅުމަށް ބިން ދޫނުކުރާތީ ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ކޮލެޖުގެ ބާނީ، އަދި ސައިރިކްސް ގްރޫޕުގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވީ ހުޅުމާލެއިން އެކި ކަންކަމަށް ބިން ދޫކުރަމުންދާކަމަށާއި، ނަމަވެސް ޔުނިވަރސިޓީއާއި ކޮލެޖްތައްފަދަ ތައުލީމީ މުއައްސަސާތައް ޤާއިމްކުރުމަށް ބިން ދޫނުކުރާކަމަށެވެ. އަދި ތައުލީމީ މުއައްސަސާތައް އަޅަން ބިން ދޫނުކުރަނީ އެފަދަ ކަމެއް ހުޅުމާލޭ ޕްލޭންގައި ނެތީމާތޯ ޝަރީފް ސުވާލުކުރެއްވިއެވެ.



ޝަރީފް ވިދާޅުވީ ހުޅުމާލެއިން ބިން ދޫކުރަނީ އެކި މީސްމީހުންނަށް އަމާޒުކޮށްގެން އެެތިއެތި ކޮޅުންކަމަށެވެ. އަދި އިމާރާތުގެ އުސްމިން ކަނޑައެޅުމުގައިވެސް ތަފާތު ކުރުން ތަފާތުކުރުން ގެންގުޅޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.



"ހުޅުމާލެއިން ބިން ދޫކުރުމުގައި އެކި މީހުންނަށް އަމާޒުކޮށް އެތިކޮޅުކޮޅުން ބިންތައް ދޫކުރާތަން ފެންނަނީ. އަދި އިމާރާތުގެ އުސްމިންވެސް އެކި މީހުންނަށް ހުއްދަ ދެވިފައި ވަނީ އެކި މިންވަރަށް. ވޯޓަރ ތީމް ޕާކްވެސް މިހާރު ބަދަލުވެފައިވަނީ ބިދޭސީން ނިދާ ކޮށްޓަކަށް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހުޅުމާލޭގައި ކޮންސްޓްރަކްޝަން ކުންފުނިތަކުން އިމާރާތްކޮށްފައިވާ ރެސިޑެންޝަން އިމާރާތްތަކުގެ ކޮމާޝަލް ސްޕޭސްތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ދޭންޖެހޭކަމަށެވެ. އަދި އެތަންތަން ހުރީ އެޗްޑީސީގެ ދަށުގައިކަމަށާއި، އެތަންތަން ހުޅުވާލަންޖެހޭކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން