ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ހަތް ބަޑީގެ ސަލާމެއް ސިފައިން އަރުވަނީ: ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރި
ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ހަތް ބަޑީގެ ސަލާމެއް ސިފައިން އަރުވަނީ: ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރި
މިއަހަރުގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުންދިދަ މައުންޓުކުރުމާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު 06:30 ގައި ޝަހީދުންގެ ހަނދާނީ ބިނާގެ ސަރަހައްދުގައެވެ. ޝަހީދުންގެ ހަނދާނީ ބިނާ ސަރަހައްދުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީއާއި ކޮމިޝަނަރ އޮފް ޕޮލިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ އިސްވެރިން ވަނީ ބައިވެރި ވަޑައިގެންފައެވެ. މީގެ އިތުރުން ނަޞްރުގެ ދުވަހު ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ސިފައިންވަނީ ހަތް ބަޑީގެ ސަލާމެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި އަޒުމް އާކޮށްދެއްވައިފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއެވެ. މީގެއިތުރުން ދުވަހާ ގުޅޭ ދުއާ އެއްވެސްވަނީ ކޮށްފައެވެ. މީގެ އިތުރުން ސިފައިންގެ ބޭންޑުން ސިފައިންގެ ހާއްސަ ލަވަ ހުށައަޅައިދީފައި ވެއެވެ. މި ލަވަ އަޑު ހަރުކޮށް އެންމެހާ ސިފައިން ވަނީ ވިދާޅުވެފައެވެ. ކޮވިޑާއި ގުޅިގެން އެހެން އަހަރުތަކުގައި ބާއްވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަހަރު ނުބާއްވަން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން