ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑްމައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑްމައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު ގައުމީ ދިފާއީ ބާރުގެ ގާބިލްކަމާއި ވަސީލަތްތައް އެތައް ގުނައެއް ފުޅާވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ނެރުއްވި ހިތާބުގައެވެ. މިނިސްޓަރ މާރިޔާގެ ޚިތާބުގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހަކީ ދިވެހި ތާރީހުގެ ކަޅު ސޮފްހާއެއް ކަމަށާއި، ޝަހީދު ކޯޕްރަލް ހުސެއިން އާދަމް ފަދަ އަބްތޯލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިންނެތް ތައުރީފު ހައްގުކަމަށެވެ.

މީގެ އިތުރުން މާރިޔާ ވަނީ އެދުވަހު އާންމު ރައްޔިތުން ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެހެންމެ އެދުވަހު އަވަށްޓެރި އިންޑިއާއިން ވެދެއްވި އެހީތެރި ކަމަށް މާރިޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސް އިބްރާހީމްގެ ސަރުކާރުން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އެދުވަހާއި އަޅާބަލާއިރު މިއަދު ގައުމީ ދިފާއީ ބާރުގެ ގާބިލްކަމާއި ވަސީލަތްތައް އެތައް ގުނައެއް ފުޅާވެފައިވާ ކަމަށް މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ނަސްެރުންގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންގެ ތެރެއިން ބަޔަކު ބޭރުގެ ކުލީ ސިފައިން ގޮވައިގެން އައިސް ރާއްޖެ އަރައި ރާއްޖޭގެ މިނިވަންކަމާއި، ވެރިކަން ހޯދުމަށް ދިން އުދުވާނީ ހަމަލާއިން މާތް ﷲ ގެ ހެއުރަހުމަތްފުޅުން ލިބުނު މަތިވެރި ނަސްރާ ކާމިޔާބީ ފާހަގަކުރުމަށެވެ. ދިވެހި ސިފައިންވީ މަތިވެރި ގުރުބާނީއާއެކު އޭރުގެ ރައީސް މައުމޫންގެ ވެރިކަން ވައްޓާލަން ބާޣީން ހިންގި އެބަޣާވަތް ވަނީ ނާކާމިޔާބުވެފައެވެ. އެދުވަހު ބާޣީން ވަނީ 19 ދިވެހިން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ސިފައިންގެ 8 ބޭކަލަކު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން