ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާ ޝައިޚް އިލިޔާސް
ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާ ޝައިޚް އިލިޔާސް
މާތް ﷲ އަށް ބިރުވެތިވުމަށް، އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިނަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

އަދާލަތު ޕާޓީގައި ކުރިން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ،ޝައިޚް އިލްޔާސް ހުސައިނަށް މިފަދަ ހެޔޮ ނަސޭހަތެއް ދެއްވީ ރައީސް އިބްރާހީމްގެ ސަރުކާރުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްތިގުލާލު ނަގާލަން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓަކާއި ގުޅުވައިގެންނެވެ.

މިސަރުކާރު ގެނައުމަށް މަސައްކަތް ކުރި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ވިދާޅުވީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކިތަންމެ ވަރަކަށް ފެތުރި ނަމަވެސް މިސަރުކާރުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްތިގުލާލު ނަގާލަން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޝައިޚް އިލްޔާސް ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ.ޝަހީމް ވަނީ ޝައިޚް އިލްޔާސް އަށް ނަސޭހަތް ދެއްވާފައެވެ. އެގޮތުން ޝައިޚް އިލްޔާސް މާތް ﷲ އަށް ބިރުވެތިވުމަށް ޑރ.ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ޝައިޚް އިލިޔާސް ފެނިގެން ގޮސްފައިވަނީ ކޯލިޝަން ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ވަކިން ޚާއްޞަކޮށް ރައީސް އިބްރާހީމްގެ ދިފާޢުގައި ވާހަކަ ދައްކަވައި އެމަނިކުފާނު ދިފާޢު ކުރެއްވުމުގައި ޚާއްޞަ މަސައްކަތަކެއް ކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް އިބްރާހީމްގެ ސަރުކާރުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްތިގުލާލު ނަގާލަން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް އިލްޔާސް ވިދާޅުވެފައިވާއިރު އިސްލާމްދީނަށް ގޮންޖަހައި ކީރިތި ރަސޫލާއަށް ހަޖޫޖަހައި އެމްޑީއެން އިން ނެރުނު ރިޕޯޓާއި އޭގެ ފަހުން އުތެމަ ޖަމިއްޔާއިން އެމްޑީއެންގެ ރިޕޯޓަށް ތާއީދުކޮށް އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ ނެރުނު ރިޕޯޓާއި ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު ނާޅައި އެމީހުންނަށް ތާއީދު ކުރާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި ރައީސް އިބްރާހީމަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ސަޢީދު

05-Nov-2020

ބަލަގަ 2015ނެރުނުތިބުނާ އެމްޑީއެން ގެރިޕޯޓައް އޭރުގެސަރުކާރުންފިޔަވަޅުނޭޅީމަ މިނޫސްލިޔާމީހުންތިބީކޮންތާކު ކަލޭމެންދީންދެކެލޯބިވަނީވަކިބަޔަކުވެރިކަމައްއައީމަތަ ހޭބަލިވެދާނެނޫ ކާންބޯނުލިބުނަސް ދޮގުހެދުމާއި ވައްކަންހުއްދަވަނީކޮންދީނަކު ފާސް އިންޖަވާބުދީބަލަ


11

ސަމް

04-Nov-2020

މާނައީ މި ހާރު މި އޮތް ސަރުކާރަކީ ސޯލިހުގެ ސަރުކާރއެއއް ނޫނޭ. މީހަކު ބުނާކަށް ނުޖެހޭ ސޯލިހު އަކީ ޖަހާފަ ހުރި ބޯ. ނެތް މޮހޮރެއް ކަން.


3

މާލޭ މީހާ

04-Nov-2020

ޔާމިން ނުހައްގުން ރައްޔަތުން ނަށް އަނިޔާވެރިވެ ވައްކަމާއި ކޮރަޕްޝަނުގެ ހާއްޔަކަށް ދިވެހި ވެށި ހަދައި ތިޖޫރީ ހުސްކުރި އިރު ވެސް ޔާމިން އަށް ސަނާ ކިޔަމުން ޝަމީމްދުވީ ﷲ އަށް ބިރުވެތި ވާތީތޯ ވެރިކަމާ ހުރެ މީހަކު ބުރާންތި ވިޔަސް އަދި ހަޔާތް ކެނޑުނަސް ތި ދެން ބޮޑުވަރު ދޯ ހަމަ ގައިމުވެސް ދީނީ ގޮތުން ޝަހީމް އަށް ވުރެން މާ ބޮޑުތަނުން ވެސް ޝެއިހު އިލްޔާސް އަށް އެނގޭމިންވަރު މާ ބޮޑުތަނުން ކުރީގައި އުޅޭނީ ޝޭއިހް އިލްޔާސް އަކީ ވަރަށް ގިނަ ރައްޔަތުން ލޯބިވަ އަދި އިތުބާރު ކުރާ ބޭފުޅެއް


6

ވަހީދު

04-Nov-2020

އިލިޔާހަކީ 100 އަނގައިން ވާހަކަ ދައްކާ މީހެއް. އެއްވެސް ބިރެއް ނެތި ފައިސާއަށް ނަފުސާއި ދީން ވިއްކާލައި ކަންނެލި އޮޑިއެއް ހޯދި ވާހަކަ އެމްޑީޕީން މީގެ ކުރިން ބުނި.


6

އިއްބެ

03-Nov-2020

މިދެން ކާކު އަނގަ އަރުވަން ޑރ ސަހީމް އަކީ ރައްޔިތުން ބަލާ ވެސް ނުގަތް މީހެއް ވެރިކަމާ ހެދި ހޭބަލި ވަނީ


9

ފުޅައްބުޑު

03-Nov-2020

ޤައުމުގެ ؛ ތެރެއިން ބަޔަކު ކުރާ ނުބާ ޢަމަލަކާ ގުޅުވާގެން ގައުމު ފަސާދަކުރުމަށް މަސަތްކައް ކުރާކަމީ ހިތާމަކުރަން ޖެހޭކަމެއް ، ހަނދާންު ކުރަންޖެހޭ ސަޢުދީ ޢަރަބިޔާގެ ގާނޫން ތަންފީޒުކުރި ކަމުގަ ވިޔަސް ދިވެހިރާއްޖޭގެ ގާނޫނު ވެރިމީހާ އަކަށް ލާޒިމު ނުވާކަން ؛؛؛؛!


1

މޫސަބެ

03-Nov-2020

ޑރ ސަހޡީމް ތީ ވަރައް ލަދު ކުޑަ މީހެއް


4

މަރިޔަމް

03-Nov-2020

ޑރ ސަހީމް ތި ދެން ކާކު ޟޭޙު އަލްޔާސް އާ ދިމާލައް ތިހެން ބުނަން


-9

ފާތުން

03-Nov-2020

ޑރ ސަހީމް ގެ ލަދު ހަޔާތް ކުޑަކަން ތީގެން ދޭހަ ކޮއް ދެނީ


8

އިއްބެ

03-Nov-2020

ޑރ ސަހީމް އަކީ މާ ރަންގަޅު މީހެއް ނޫން ތީ ހިލޭ އަންހެނެއް ފެންނައިރައް ގަޔަށް ބޮލައް އަރައިގަނެ އިތްފަތްތެރިކަން ފޭރޭ މީހެއް


2

އަލި މަނިކު

03-Nov-2020

ޑރ ސަހީމް ބިރު ނުގަނާތީ ތޯ ރައީސް ޔާމީންނަށް ތާއީދު ކޮއްގެން ތިހުންނަވަނީ


7

އިސްމާލު

03-Nov-2020

އެގޮތައް ވާހަކަ ދައްކަން ޑރ ސަހީމް މާ ރީއްޗެއް ނޫން



ޓްރެންޑިން