އެސްޓީއޯގެ ޝިޕިންގގެ ޚިދުމަތް ހުއްޓާލުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ގޮވާލައްވައިފިއެވެ.
އާއްޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މުދާ 50 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ޝިޕިންގ ކުންފުނިތަކަށް ގެއްލުންވެ، އެކުންފުނިތައް ބަނގުރޫޓްވާން ކައިރިވެފައިވާކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ 50 ޕަސެންޓަށްވުރެ ބޮޑަށް ދަށްވެ ޝިޕިންގ ކުންފުނިތައް ނޭވާ ހޮޅިއަށް އެޅިފަވާ މިދަނޑިވަޅުގައި އެސްޓީއޯއިން ބޯޓެއް ޗާޓަރުކޮށްގެން ހިންގާ ޝިޕިންގ ސަރވިސްއިން ބޮޑު ގެއްލުމެއް ވަމުންދާނެ. މި ހާލަތުގައި އެސްޓީއޯއިން މި ސާރވިސް ހުއްޓާލައި ނުކުސާން ކުޑަކުރަން މުހިންމު." އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވި ގޮތުގައި ރާއްޖެއަށް އެތެރެކުރާ މުދާ ފަންސާސް އިންސައްތައަށް ދަށްވެފައިވާ މިދަނޑިވަޅުގައި އެސްޓީއޯއިން ބޯޓެއް ޗާޓަރުކޮށްގެން ހިންގާ ޝިޕިންގ ސަރވިސްއިން ބޮޑު ގެއްލުމެއްވަމުންދާނެ ކަމަށެވެ. އަދި މި ހާލަތުގައި އެސްޓީއޯއިން މި ޚިދުމަތް ހުއްޓާލައިގެން ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރަން ޖެހޭނެ ކަމަށް އާރިފް ވިދާޅުވިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންގެ ޚިދުމަތް އެސްޓީއޯއިން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސަރުކާރުން ޝިޕިންގ ލައިންގެ ޚިދުމަތް އަލުން ފެށި ފަހުން އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދުގައި ވަނީ ކާގޯ ފެރީގެ ޚިދުމަތް ވެސް ފަށައިފައެވެ.

Rajje ah ethere kuraa mudhaa 50% ah vure bodah dhah ve shipping kunfuni thah neyvaa holhi ah elhifa vaa mi dhan’di valhuga STO in boateh charter koggen hingaa shipping service un bodu gellun vamun dhaane. Mi haalathuga STO in mi service huttaalaa nukusaan kudakurun muhimmu. pic.twitter.com/1wB1MJDxwF
— Ahmed Arif (@Arttey) November 2, 2020
ރާއްޖެއަށް އެތެރެކުރާ މުދާ 50 ޕަސެންޓަށްވުރެ ބޮޑަށް ދަށްވެ ޝިޕިންގ ކުންފުނިތައް ނޭވާ ހޮޅިއަށް އެޅިފަވާ މިދަނޑިވަޅުގައި އެސްޓީއޯއިން ބޯޓެއް ޗާޓަރުކޮށްގެން ހިންގާ ޝިޕިންގ ސަރވިސްއިން ބޮޑު ގެއްލުމެއް ވަމުންދާނެ. މި ހާލަތުގައި އެސްޓީއޯއިން މި ސާރވިސް ހުއްޓާލައި ނުކުސާން ކުޑަކުރަން މުހިންމު." އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވި ގޮތުގައި ރާއްޖެއަށް އެތެރެކުރާ މުދާ ފަންސާސް އިންސައްތައަށް ދަށްވެފައިވާ މިދަނޑިވަޅުގައި އެސްޓީއޯއިން ބޯޓެއް ޗާޓަރުކޮށްގެން ހިންގާ ޝިޕިންގ ސަރވިސްއިން ބޮޑު ގެއްލުމެއްވަމުންދާނެ ކަމަށެވެ. އަދި މި ހާލަތުގައި އެސްޓީއޯއިން މި ޚިދުމަތް ހުއްޓާލައިގެން ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރަން ޖެހޭނެ ކަމަށް އާރިފް ވިދާޅުވިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންގެ ޚިދުމަތް އެސްޓީއޯއިން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސަރުކާރުން ޝިޕިންގ ލައިންގެ ޚިދުމަތް އަލުން ފެށި ފަހުން އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދުގައި ވަނީ ކާގޯ ފެރީގެ ޚިދުމަތް ވެސް ފަށައިފައެވެ.
ކިޔުންތެރިންގެ ހިޔާލު