3 ނޮވެމްބަރު 1988 ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވި ވަރުގަދަ އެހީއަށް މިއަދުވެސް ޝުކުރު އަދާކުރައްވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދެއްވި މަތިވެރި ނަޞްރަށްޓަކާ މާތް ﷲއަށް ޙަމްދުކޮށް، ޝުކުރުދަންނަވާކަމަށެވެ. އަދި ނަޞްރުގެދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ފޮނުއްވާފައި ވެއެވެ.
މައުމޫންގެ ޓްވީޓުގައި އެދުވަހު ރާއްޖެއަށް ނަޞްރު ލިބުނީ ހުރިހާ ދިވެހިންގެ އެއްބައިވަންތަކަމުންނާއި، އިންޑިއާ ސަރުކާރުން ދެއްވި އެހީގެ ސަބަބުންކަމަށް ވިދާޅުވެފައި ވެއެވެ.
ނޮވެންބަރު ތިނެއްގައި އިންޑިއާއިން ލިބިފައިވާ އެހީތެރިކަމާއި މަދަދަށް މިއަދު ވެސް ޝުކުރު އަދާ ކުރަށްވައި ރައީސް މައުމޫން އެކަން ފާހަގަ ކުރަށްވާފައިވާއިރު މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ ނޮވެންބަރު ތިނެއްގައި ނަޞްރު ލިބުނީ އިންޑިއާ ސިފައިންގެ އެހީތެރިކަން ލިބުމުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ އެދުވަހު ސިފައިންގެ ބޮޑުން ފިއްލެވީ ކަމަށެވެ.
މިކަމާއިމެދު ދެކޮޅު ހައްދަވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެދުވަހު އިންޑިއާ ސިފައިންގެ އެހީ ލިބުނު ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއައީ ބާޣީން ބަލިވާނެކަން ކަށަވަރުވެގެން ބަޔަކު ރަހީނު ކޮށްގެން މާލެއިން ފުރައިގެން ދިޔަ ފަހުން ކަމަށެވެ. އަދި މިއުދުވާނާއި ދެކޮޅަށް ދިވެހި ސިފައިން ކުރި ހަނގުރާމައިގައި ސިފައިންގެ އަށް މީހަކު ޝަހީދު ވެގެން ގޮސްފައިވާ ކަމަށާއި އެމީހުން ޝަހީދުވީ ފިލަން ދުވަނިކޮށް ނޫން ކަމަށް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ.

3 ނޮވެމްބަރ1988 ދުވަހު ދިވެހިޤައުމަށްދެއްވި މަތިވެރިނަޞްރަށްޓަކާ މާތް ﷲ އަށް ޙަމްދުކޮށްޝުކުރުދަންނަވަން. އެއަށްފަހުނަޞްރުގެދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އެންމެހާލޮބުވެތިދިވެހިރައްޔިތުންނަށްފޮނުވަން. އަދިއިންޑިޔާސަރުކާރުންވެދެއްވި ވަރުގަދައެހީއަށްމިއަދުވެސްޝުކުރުދަންނަވަން.
— Maumoon Abdul Gayoom (@maumoonagayoom) November 3, 2020
ނޮވެންބަރު ތިނެއްގައި އިންޑިއާއިން ލިބިފައިވާ އެހީތެރިކަމާއި މަދަދަށް މިއަދު ވެސް ޝުކުރު އަދާ ކުރަށްވައި ރައީސް މައުމޫން އެކަން ފާހަގަ ކުރަށްވާފައިވާއިރު މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ ނޮވެންބަރު ތިނެއްގައި ނަޞްރު ލިބުނީ އިންޑިއާ ސިފައިންގެ އެހީތެރިކަން ލިބުމުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ އެދުވަހު ސިފައިންގެ ބޮޑުން ފިއްލެވީ ކަމަށެވެ.
މިކަމާއިމެދު ދެކޮޅު ހައްދަވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެދުވަހު އިންޑިއާ ސިފައިންގެ އެހީ ލިބުނު ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއައީ ބާޣީން ބަލިވާނެކަން ކަށަވަރުވެގެން ބަޔަކު ރަހީނު ކޮށްގެން މާލެއިން ފުރައިގެން ދިޔަ ފަހުން ކަމަށެވެ. އަދި މިއުދުވާނާއި ދެކޮޅަށް ދިވެހި ސިފައިން ކުރި ހަނގުރާމައިގައި ސިފައިންގެ އަށް މީހަކު ޝަހީދު ވެގެން ގޮސްފައިވާ ކަމަށާއި އެމީހުން ޝަހީދުވީ ފިލަން ދުވަނިކޮށް ނޫން ކަމަށް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު