މާލެއިން އަންހެނަކު ރަހީނުކޮށް، ފައިސާތަކެއް އަތުލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ ހެނދުނު ފެނުނު، ރ.ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު ރަހީނުކޮށް ބަޔަކު ފައިސާތަކެއް އަތުލި މައްސަލައިގެ ތަހުޤީޤް ފުލުހުން ވަނީ ފަށާފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގެ ތުހުމަތުގައި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ، އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުޤީޤްކުރަމުން އަންނަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލްކޮށް ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭތީކަމަށެވެ.

އިތުބާރު ހުރިގޮތަކަށް "ރަސް އޮންލައިން"އަށް އެނގިފައިވާގޮތުގައި އެ އަންހެންމީހާ ދޫކޮށްލީ އެ މީހުންނަށް 25000 ރުފިޔާ ދިނުމުންނެވެ.

އިއްޔެ ހެނދުނު އޭނާ ފެނިފައިވާއިރު، މީގެ ކުރިން ފުލުހުން ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން