ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީން ފެންވެރުމަށާއި ބޯން ސާފު ފެން ނުލިބޭ ކަމަށާއި އެކަން ހައްލުކުރަން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނަށް ފުލުހުން ރައްދުދީ ގައިދީންނަށް ފުޅީގައި ބަންދުކުރި ފެން ދޭން ފަށައިފިއެވެ.
ދޫނިދޫ ޖަލުގައި ގައިދީން ފެންވެރުމަށާއި ބޯން ބޭނުންކުރާ ފެނުގައި ކޮލިފޯމް ނަމަކަށް ކިޔާ ބެކްޓީރިއާއެއް ގިނައިން ހުރިކަން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވާ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. އެ ފެނަކީ ދުނިޔޭގެ ސިއްހަތުޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާފަދަ ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭ ފެނެއް ނޫން ކަމަށާއި އެ ފެން ބޭނުންކުރުމުން ހަމުގެ ބަލިތައް ޖެހުމުގެ ފުރުސަތު އޮންނަކަން އެނގިފައިވާ ކަމަށް ވެސް އެކޮމިޝަނުގެ ބަޔާނުގައިވެއެވެ.
އެ ބަޔާނަށް ރައްދު ދީ ފުލުުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޫނިދޫގައި ދޫކުރާ ފެން ސާފުކުރުމަށް އެކަމަށް ބޭނުންވާ ނިޒާމުތައް ގާއިމްކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެޗްއާރްސީއެމުން އެންގި އެންގުމާ އެއްގޮތަށް ފެނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން ކުރަން ޖެހޭ މަސައްކަތް ފުލުހުންގެ އިދާރާއިން ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ދޫނިދޫގައި ދޫކުރާ ފެން ސާފުކުރުމަށްޓަކައި ކްލޮރިނޭޝަން ސިސްޓަމަކާއި އަލްޓްރާވައިލެޓް ފިލްޓަރޭޝަން ސިސްޓަމެއް ގާއިމްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިކަން ހިނގާފައިވަނީ ފެން ސާފުކުރާ ނިޒާމުތައް ގަތުމަށް ހޯދަން ޖެހޭ ހުއްދަތައް ފިނޭންސް މިނިސްޓްރީން ހޯދަން މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ. އެކަން ލަސްވީ ބަންދު ދުވަސްތަކެއް އައުމުން ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"...މޯލްޑިވްސް ޕޮލިސް ސާވިސް އިން މިކަން ރަނގަޅުކުރަން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބަޔާންކޮށް އެޗްއާރްސީއެމުންް ނޫސްބަޔާނެއް ނެރެފައި ވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށް މި ސާވިސް އިން ދެކެމެވެ." ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު