ރޫޓްގެ ފައިސާތައް ފޭރުނު މައްސަލާގައި ކުރިން ހައްޔަރުކުރި މީހުން (ފޮޓޯ: ޕޮލިސް)
ރޫޓްގެ ފައިސާތައް ފޭރުނު މައްސަލާގައި ކުރިން ހައްޔަރުކުރި މީހުން (ފޮޓޯ: ޕޮލިސް)
ބޭންކް އޮފް ސިލޯން ކައިރިން، ރޫޓް ފިހާރައިގެ ފައިސާތައް ފޭރިގަންނަން އުޅުނު މައްސަލާގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފައިސާތައް ފޭރެެން އުޅުނު މައްސަލާއާއި ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ، 20 އަހަރުގެ މީހަކާއި 21 އަަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ކަމަށާއި، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. މި 3 މީހުންނާއެކު ރޫޓްގެ ފައިސާތައް ފޭރިގަންނަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ޢަދަދުވަނީ 7 އަށް އަރާފައެވެ.

ރޫޓް ފިހާރައިގެ ފަރާތުން، ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ވަނީ މީގެ ކުރިންވެސް ހައްޔަރުކޮށްފައެވެ. އަދި މި މީހުންގެ މައުލޫމާތުވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ރޫޓު ފިހާރައިން ބޭންކް އޮފް ސިލޯންއަށް ޖަމާކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް އެހީތެރިވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ރޫޓް ފިހާރައިގެ ފަރާތުން ވަނީ، ހާއްސަ ހަނދާނީ ފިލައަކާއި، ފައިސާގެ އިނާމު ދީފައެެވެ. އެގޮތުން ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީ ގާޑަށް 50000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ރޫޓް ފިހާރައިގެ ތިން މުވައްޒަފުންނަށް، 10000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

ފޭރެން އުޅުނު މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ދަނީ ތަހުގީގު ކުރަމުުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން