ދ. ކަނޑިންމަ ރިސޯޓް
ދ. ކަނޑިންމަ ރިސޯޓް
ދ. ކަނޑިންމަ ރިސޯޓުން މިއަދު އެކަނިވެސް 27 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ ކަނޑިންމަ ރިސޯޓުން ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ ޢަދަދު 46 އަށް އަރާފައިވާ ކަމަށާއި، އޭގެ ތެރެއިން 27 މީހުން ޕޮޒިޓިވްވީ މިއަދު ކަމަށެވެ.

ކަނޑިންމަ ރިސޯޓުން ނަގާފައިވާ ޖުމްލަ ސާމްޕަލްގެ ޢަދަދު 176 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 126 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. އަދި މިވަގުތާ ހަމައަށް ނަތީޖާ ނުލިބޭ 04 ސާމްޕަލެއް ވެއެވެ.

ކަނޑިންމަ ރިސޯޓުގައި މިވަގުތުވެސް ފަތުރުވެރިން ތިބިއިރު، އެމީހުންނަށް އެނބުރި ޤައުމަށް ދެވޭނީ ޕީސީއާރު ޓެސްޓް ހެދުމުން ނެގެޓިވް ނަތީޖާ ލިބި އަދި މިހާރު ޕޮޒިޓިވް ވެފައިވާ މީހަކާ ކޮންޓެކްޓް ވެފައި ނަވާނަމަ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހު ކޯވިޑް-19 ގައި ހާލުދެރަވެގެން ކަނޑިންމަ ރިސޯޓުން ވަނީ މީހަކު މަރުވެފައެވެ. އޭނާ މަރުވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައި ވަނީ، ނިޔާވިފަހުންނެވެ. އަދި މިހާރު އެރިސޯޓަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން