ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲގެ ތަޙުޤީޤުގައި ބައިވެރިވުމަށް ބޭރުގެ މާހިރަކު ރާއްޖެ ގެނެސްފިއެވެ.

ރިޟުވާން މައްސަލާގައި މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޟުވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޭރުގެ އިންވެސްޓިގޭޓަރ މިހާރު ވަނީ ރާއްޖެ އައިސް ރިޔާސީ ކޮމިޝަންގެ މެމްބަރުންނާއެކު މަސައްކަތް ފަށައިފައެވެ.

2014 ވަނަ އަހަރުގެ ތެރޭގައި ގެއްލުވާލި ނޫސްވެރިޔާ ރިޟްވާންގެ ޢާއިލާއިން ވަނީ ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަން ކޮށްދިނުމަށް އެދި ރައީސް ޞާލިޙްގެ އަރިހުން އެދިފައެވެ.

ރިޟުވާންގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާތީވެ، އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް މިކަމުގައި ސަރުކާރުން ޢަމަލުކުރަމުންދާގޮތަށް ފާޑުވެސް ކިޔައިފައެވެ. ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ރިޟްވާން ވަގަށްނަގައި ގެއްލުވާލާފައިވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ކަމަށެވެ. އަދި ރިޟްވާން މަރާލާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް މި މައްސަލާގައި އެއްވެސް މީހަކަށް އަދި ދަޢުވާއެއް ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން