އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަންފަށައި ނަތީޖާ އިއުލާންކުރަމުންދާއިރު، މިހާރު ލިބެންހުރި ނަތީޖާތައް ދައްކާގޮތުން މިވަގުތު ކުރީގައި އުޅުއްވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަންކަމަށް ޚަބަރުތައް ބުނެފިއެވެ.

ނަތީޖާ ދައްކާގޮތުން 2016 ގައި ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަން ކާމިޔާބު ކުރެއްވި ސިޓީތަކުން މިފަހަރުވެސް ކުރީގައި އުޅުއްވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް ބައިޑަންއެވެ. އެހެންނަމަވެސް ކުދި ކުދި ސަރަހައްދުތަކުން ޓްރަންޕު އަންނަނީ ކާމިޔާބު ކުރައްވަމުންނެވެ.

ނަތިޖާތަކަށް ބަލާއިރު ވެސްޓް ވާޖީނިއާ، ކެންޓަކީ، އޮކްލޮހަމާ، އިންޑިއާނާ، ޓެނެންސީ، ސައުތު ކޮރެލީނާ. ކެންސަސް، މިސިއްސިޕީ، ސައުތު ޑަކޯޓާ، ވަޔޯމިންއިން ކުރި ހޯއްދަވާފައިވަނީ ޓްރަންޕުއެވެ. ބައިޑަން ކުރީގައި އުޅުއްވާ ސިޓީތަކުގެ ތެރޭގައި ނިއު ޖާޒީ، މެސަސޫސެޓްސް، މެރީލޭންޑް، ޑެލަވެއަރ، ޑިސްޓްރިކް އޮފް ކޮލަމްބިއާ، ވާޖީނިއަރ، ޖޯޖިއާ، ވަމާންޓް، ކޮލަރާޑޯ، އިލިނޯއިސް، ނިއު މެކްސިކޯ، ނިއު ޔޯކް ހިމެނެއެވެ.

ޕްލޮރިޑާ، ނިއު ހެމްސްފިއަރ، އޮހިއޯ، ފެންސިލްވޭނިއާ، ނޯތު ކެރޮލިނާގައި މިހާތަނަށް ގުނި ވޯޓުގައި ދެ ކެނޑިޑޭޓުން އަންނަނީ ވަރަށް ގާތުން ވާދަކުރައްވަމުންނެވެ.

މިވަގުތުގެ ނަތިޖާތައް ދައްކާގޮތުން ބައިޑަން އަށް ޖުމްލަ 223 އިލެޓޯރިއަލް ވޯޓް ލިބިވަޑައިގެންފައިވާއިރު ޓްރަންޕަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 212 އިލެކްޓޯރިއަލް ވޯޓެވެ. ވައިޓް ހައުސް އަށް ވަޑައިގަތުމަށް 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން