މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް މުހައްމަދު އަނިލް
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް މުހައްމަދު އަނިލް
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ފުލޯކު ވާހަކައެއްކަމަށް ޅަ ސިކުނޑިތަކަށް ވިސްނެން ފަށާފާނެކަމުގެ ބިރުވެރިކަން ހިތްތަކުގައި ވަރަށް ބޮޑުވެއްޖެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

އަނިލް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ބައެއް މީހުން އެމީހުން ހިތު ހުރި ގޮތަކަށް ނޮވެމްބަރު 3ގެ ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އަދި އެމީހުން ވާހަކަދައްކަނީ އެދުވަހު ދިވެހި ސިފައިން އެއްވެސް ކަމެއްނުކުރާފަދަ ގޮތަކަށް ކަމަށް އަނިލް ވިދާޅުވިއެވެ.



އަނިލް ވިދާޅުވީ އެދުވަހުގެ އެ ހާލަތުގައި ރައީސް މައުމޫނާއި ދިވެހި ބަތަލުން ކުރެއްވި މަތިވެތި ޖިހާދަކީ މިއަދު މިނިވަންކަމާއެކު އަޅުގަނޑުމެން ނޭވާ ލާ ސަބަބު ކަމަށެވެ.



އަނިލް ވަނީ ނޮވެމްބަރު 3ގެ ވާހަކައަކީ ކޮންމެ ކޮންމެ މީހެއްގެ ޚިޔާލަށް އަންނަހާ ގޮތަކަށް ދެކެވޭ ފުލޯކް ވާހަކައަކަށްވިޔަ ނުދެއްވުމަށް އިލްތިމާސްކުރަށްވާފައެވެ. އަދި އެދުވަހާ ގުޅޭ ތާރީޚީ އިލްމީ ދިރާސާތައް އެދުވަސް ތަޖުރިބާ ކުރެއްވި ބޭފުޅުންގެ އަރިހުން މައުލޫމާތު ނަގައި ލިޔެ، ތަރީޚަށްޓަކައި ރައްކާކުރަންޖެހޭކަމަށް އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ މިކަމަށް ސަރުކާރާ އިލްމީ މުއައްސަސާތަކާއި އިލްމީ ދިރާސާ ކުރައްވާ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ނޮވެމްބަރު 3ގެ ތާރީޚީ ހަޤީޤަތް ދަންނަ މީހުން މީގެ 10 ވަރަކަށް އަހަރު ފަހުން ނެތި، އެއީ އަލިފުލައިލާ ފަދަ ފުލޯކު ވާހަކައެއްކަމަށް ބެލެވެން ފަށާފާނެކަމަށެވެ.



ނޮވެމްބަރު 3ގެ ވާހަކަތައް އޮޅުވާލައިގެން ބައެއް ފަރާތްތަކުން ދައްކާ ކަމަށް ޝައިޚް އަނިލް ވިދާޅުވެފައި މިވަނީ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން އެފަދަ މޭރުމަކުން ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެފައިވަނީ ނޮވެމްބަރު 3ގައި ސިފައިންގެ އިސްވެރިންނާއި ސިފައިން ފިލީކަމަށެވެ. އަދި އެދުވަހު ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިންކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމްގެ މި ވާހަކަތަކުގެ ސަބަބުން އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ދޮންބިލެއް ހަލީމުގެ މިވާހަކަތަކާއި ގުޅިގެން ބައެއް ބޭފުޅުން ވަނީ އޭނާއާއި އެދުވަހު މާލެއެރި ތަމަޅަ ޓައިގަރުންނާއި އެއްހަމައެއްގައި ސިފަ ކުރަށްވާފައެވެ.

އަދި ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ދުރާކައި ރާވައިގެން ކުލީ ސިފައިންގެ ބަޔަކު ގެނަސްގެން ހިންގި މި އުދުވާނު މިހާރުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ސިފަކުރައްވަނީ އެއީ ބޭރުގެ ޖަމާއަތަކުން ދިވެހިންގެ މަދު ބަޔަކާއި ގުޅިގެން ހިންގި އުދުވާނެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އަލީ

05-Nov-2020

ދަންނަ ބޭކަލުން ވެސް މި ތިއްބަވަނީ ޗާންސަކައް ބަލަބަލަ މަށްހޫރުވެލާނި... މަޖިލީސްހައް ކުރިމަތި ލާން ވީނޫންތޯ



ޓްރެންޑިން