ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.
އެމްޓީސީސީން ބުނީ ހޯރަފުށީ އެއަރޕޯޓު މަޝްރޫޢުގެ 84 ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، ރަންވޭ އެޅުމުގެ މަސައްކަތުގެ 99 ޕަސެންޓްއާއި، ޓަރމިނަލް ބިލްޑިންގ އެޅުމުގެ 75 ޕަސެންޓް މަސައްކަތާއި، ފަޔަރ ބިލްޑިންގ އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ 8 ނޮވެމްބަރުގެ ކުރިން މަސައްކަތް ނިންމާލުންކަމަށެވެ. އަދި ނޮވެމްބަރު 11ގައި ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިރު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭ އާއި، ސަރވިސް މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢާއެކު ރާއްޖޭގެ އުތުރުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އައިސް، ހޯރަފުއްޓާއި ކައިރި ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިއީ އުތުރުގައި ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށްވެސް ހުޅުވިގެންދާ ދޮރެއްގެގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. ހޯރަފުށީ އެއަރޕޯޓުގެ އެންމެފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެއަރޕޯޓް ހިމެނޭ ސަރަޙައްދު ފެހިކުރުމުގެ މަސައްކަތްވެސް ހޯރަފުށީ ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.

ހޯރަފުށީ އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތް ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ބައްލަވާލައްވައިފި. މި މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ވަނީ ނިމިފައި. މިކުންފުނީގެ އަމާޒަކީ 08 ނޮވެމްބަރ 2020 ގެ ކުރިން މަސައްކަތް ނިންމުން. pic.twitter.com/wErnvkHgZP
— MTCC Plc (@MTCCPlc) November 4, 2020
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިރު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭ އާއި، ސަރވިސް މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢާއެކު ރާއްޖޭގެ އުތުރުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އައިސް، ހޯރަފުއްޓާއި ކައިރި ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިއީ އުތުރުގައި ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށްވެސް ހުޅުވިގެންދާ ދޮރެއްގެގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. ހޯރަފުށީ އެއަރޕޯޓުގެ އެންމެފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެއަރޕޯޓް ހިމެނޭ ސަރަޙައްދު ފެހިކުރުމުގެ މަސައްކަތްވެސް ހޯރަފުށީ ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު