ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލިހުގެ ވަކި މެންބަރުންތަކެއް އެދިވަޑައިގަންނަވާ ކަންކަން ބާރުމިނުގައި ހިނގާތީ މަޖިލިހުގެ މެންބަރުން ޝަކުވާ ކުރައްވާ ކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލިހުގެ ވަކި މެންބަރުންތަކެއް އެދޭ ކަންކަން ބާރުމިނުގައި ހިނގާތީ މަޖިލިހުގެ މެންބަރުން ޝަކުވާކުރައްވާ ކަމަށާއި، އެ ވާހަކަ މަޖިލިހުގެ ސައި ކޮޓަރީގައާއި ކުޑަ ދޮށުގައާއި ތަޅުމުގައިވެސް ދެކެވެމުންދާ ކަމަށެވެ. ރައްޔިތުން މަޖިލިހުގެ ވަކި މެންބަރުންތަކެއް އެދޭ ކަންކަން ބާރުމިނުގައި ހިނގުމަކީ މަޖިލިހުގެ މެންބަރުންގެ ޝަކުވާ އެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިކަންކަމުން އެބަ ސާފުވޭ ކަމެއް އުޅޭކަން އަޅުގަނޑުގެ ވާހަކަ އަކީ ރެކިވަޑައިނުގަންނަވާށޭ، އެގޮތަށް ޕްރޮޖެކްޓަށް ދާއިރާތަކުގެ ގެންދަން ފަށްޓަވައިފިއްޔާ ވަރަށް ބޮޑެތި މައްސަލަތައް އުފެދިގެންދާނެ. އެހެން ނުހައްދަވައްޗޭ އަޅުގަނޑުގެ އިލްތިމާސަކީ، ވަޒީރުން އެއްގޮތަކަށް ވެސް އެބާވަތުގެ ކަންކަން ނުކުރެެއްވުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްތަކުގެ ޕްރޮޖެކްޓްތައް ހިންގާއިރު އަންނަ އަހަރަކީ ދަތިއަހަރެއް ކަމަށެވެ. 2020 ވަނަ އަހަރުގެ ބަޖެޓް 15.9 ބިލިއަން ރުފިޔާ ޑެފިސިޓްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެެހެންޏާ ވިއްޔާ އަހަރެއް ނިމޭއިރު ބިލިއަނެއް ދެ ބިލިއަނެއް ދިޔައީމަ އެއީ ކަންބޮޑުވެގެން ވޯލްޑް ބޭންކާއި އެންމެން އުޅޭނެ. މިދިޔަ އަހަރު 15 ބިލިއަން ޑެފެސިޓިވެގެން ހިގައްޖެ. އަންނަ އަހަރުގެ ޑެފެސިޓްވެސް އަންދާޒާކުރަނީ މިބާވަތުގެ އަދަދެއްގައި ފައިސާ ހޯދުމަށް ލޯނާއި ބޮންޑާ، އަޅުގަނޑުމެންގެ އާމްދަނީ އިން މި ފައިސާ ނިކުންނާނެ ކަމަކަށް މިއަންނަ އަހަރު ލަފައެއް ނުކުރެވޭ އުމުރާނީ ތަރައްގީ އިރާދަކުރެއްވިޔާ ހިންގޭނެ މިއަންނަ އަހަރު އެކަންތައް ހިންގުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަމްސީލް ކުރައްވާ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ މެދުގައި ތަފާތު ކުރުންތަކެއް ގެންގުޅުއްވާ ކަމުގެ ޝަކުވާކޮށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމަށް ހޫނު ސުވާލުތަކެއް ބައެއް މެންބަރުން މިއަދު ވަނީ އަމާޒުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ފާތުން

05-Nov-2020

އެހެންވީމަ އޭ ބުނެވެނީ ރައީސް ނަސީދު ވަރުގެ ބޭފުޅެއް ނުހުނާނެޔޭ


2

އިއްބެ

05-Nov-2020

ވަރައް ރަންގަޅު އަންސާފް ވެރިގޮތެއް



ޓްރެންޑިން