އައިޖީއެމްއެޗްގައި ނަރުހުން ތަކެއް މަސައްކަތުގައި: އެހޮސްޕިޓަލަށް ނަރުހުން ހޯދަން ވަނީ އިއުލާންކޮށްފައި
އައިޖީއެމްއެޗްގައި ނަރުހުން ތަކެއް މަސައްކަތުގައި: އެހޮސްޕިޓަލަށް ނަރުހުން ހޯދަން ވަނީ އިއުލާންކޮށްފައި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގިނަ ޢަދަދަކަށް ނަރުހުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު އިއުލާނުކުރީ ހޮސްޕިޓަލަށް ރަޖިސްޓަރީކޮށްފައިވާ ނަރުހުންނާއި ސީނިއާ ރަޖިސްޓާޑް ނަރުހުންނާއި ކުލިނިކަލް ނަރުހުންގެ 23 ނަރުހުން ހޯދުމަށެވެ.

ރަޖިސްޓާޑް ނަރުހުންނަށް އަސާސީ  މުސާރަައިގެ ގޮތުގައި 9،060 އާއި 9360 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭއިރު ސީނިއާ ރަޖިސްޓާޑް ނަރުހުންނަށް 9،670 ރުފިޔާއާއި 10،160 ރުފިޔާއާ ދެމެދުގެ މިންވަރެއް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

ކުލިނިކަލް ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 10،410 ރުފިޔާއާއި 10،940 ރުފިޔާއާ ދެމެދުގެ މިންވަރެެއް ލިބެއެވެ.  އެ އިއުލާނުގައި ބުނެފައިވަނީ ކަނޑައެޅިފައިވާ ގޮތުގެ މަތިން ސާވިސް އެލަވަންސެއްގެ ގޮތުގައި 188 ރުފިޔާ ނަރުހުންނަށް ލިބޭނެ ކަމަށެވެ. އަދި ސިވިލް ސާވިސްގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާވެސް ލިބޭނެ ކަމަށް އިއުލާންގައިވެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓުލިސްޓުކުރުމަށް ހަމަޖެހިފައިވަނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން ކަމުގައިވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުން މިމަހުގެ 16 ވަނަ ދުވަހުގެ 13.30 ގެ ކުރިން އީމެއިލު މެދުވެރިކޮށް ފޮނުވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

އާފިޔާ

05-Nov-2020

ދިވެއްސަކައް ނުދޭނެ ދެން ގެންނާނީ ބޭރުން ނަރުހުން


4

އަސްމާލު

05-Nov-2020

ތީވެސް ހިންގާ ބޮޑު ވިޔަފާރި އެއް


-3

އިއްބެ

05-Nov-2020

ތިވެސް އެންމެ ފަހުން ބައި އެޅޭ ގޮތައް ބޭރުން ބޮލަކައް ހާހެއް ހާ ޑޮލަރު ލިބޭ ގޮތައް ބޭރުން ނަރުހުން އެތެރެ ކުރާނީ



ޓްރެންޑިން