ކޮވިޑް-19 އާ ގުޅިގެން ރައީސާއި ނައިބު ރައީސާއި ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ރައްޔިތުންގެ މަޖިލީހުން ކުޑަކުރި މައްސަލަ ނުބެލޭނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ކުރީކޮޮޅުން ފެށިގެން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އާއި އިނާޔަތްތައް މަޖިލީހުން ވަނީ ހަމަހަށް ކުޑަކޮށްފައެވެ. ރައީސާއި ނައިބު ރައީސްގެ މުސާރައަކީ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރައެއް ކަމަށް ވިޔަސް، އެ ދެ މަގާމުގެ މުސާރަ ކުޑަކުރީ ގާނޫނު އިސްލާހު ނުކޮށެވެ. އަދި ބައެއް މިނިވަން މުއައްސަސާތަކާ ބެހޭ ގާނޫނުތަކުގައި އެ މުއައްސަސާތަކުގެ ވެރިންގެ ދައުރުގެ މުއްދަތުގެ ތެރޭގައި މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މަޖިލީހުގެ އެ ނިންމުން ބާތިލް ކުރަން ސިިވިިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހެޅުއްވި މައްސަލާގައި ސްޕްރީމް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ ކޯޓުތަކާ ބެހޭ ގާނޫނު އޮތްގޮތުން ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ކަމަށެވެ. މުސާރަތައް ކުޑަކުރި މައްސަލައަކީ އެފަދަ މައްސަލައެއް ކަން ހަލީމްގެ ފަރާތުން ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި އަދި އެ މައްސަލައަކީ ވަކިވަކި ފަރުދުންތަކަކާ ގުޅުން ހުރި މައްސަލަތަކެއް ކަމަށް ސްޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވެއެވެ.އެހެންވެ،
އަދި އެއީ ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އެމައްސަލަ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކިޔުންތެރިންގެ ހިޔާލު