އދ. މަންދޫގައި ފިޔަވަޅު މޯލްޑިވްސް ގެ ނަމުގައި މުޅިން އައު ސިޓީ ހޮޓަލެއް ހުޅުވައިފިއެވެ.
މަންދޫގެ ދެކުނު ފަރާތުގައި ތަރައްޤީ ކޮށްފައިވާ ފިޔަވަޅު މޯލްޑިވްސް ހުޅުވައިދެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް އެވެ.
ފިޔަވަޅު މޯލްޑިވްސް ހޮޓާ ހުޅުވާފައި ވަނީ ޖުމްލަ 44 ކޮޓަރިއާ އެކުގަ އެވެ. އެހެން ނަމަވެސް، ޖުމްލަ 100 ކޮޓަރި ހިމެނޭ ގޮތަށް މި ހޮޓާ އިތުރަށް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.
މި ސިޓީ ހޮޓަލުން ދިވެހިންގެ ޘަޤާފަތާއި ތާރީޚީ ކަންތައްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުމުގެ އިތުރުން، ރިސޯޓަކުން ލިބޭ ހުރިހާ ޚިދުމަތެއްވެސް ލިބިގެން ދާނެއެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވި ފަހުން ފަތުރުވެރިންނަށް ހިދުމަތްދޭ 307 ތަނެއް ވަނީ ޚިދުމަތަށް ހުޅުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ، 127 ރިސޯޓާއި، 2 ޔޮޓް މެރީނާ އާއި، 5 ހޮޓަލާއި، 120 ސަފާރީ އަދި 53 ގެސްޓުހައުސް އެވެ.

ކިޔުންތެރިންގެ ހިޔާލު