ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ދެމީހުން
ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ދެމީހުން
ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއްގައި، މާލެއިން ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ދެމީހުން ވަނީ ބަނގުރާކަމަށް ބެލެވޭ 9 ފުޅިއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މާލެއިން ބަނގުރާ ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި މި އޮޕަރޭޝަންގައި، ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށް، އެމީހުން ދިރިއުޅޭ ސަރަހައްދު ބަލައިފާސްކުރިއިރު، 500 މިލިލީޓަރުގެ 9 ފުޅީގައި ހުރި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ، 47 އަހަރުގެ ރަޖި ރަޖަ ކުމަރާއި، 54 އަހަރުގެ ނަޑަން ވިންސެންޓްރަޖް ޕޮން އެވެ. ފުލުހުން ބުނީ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، މި ދެމީހުން ވެސް މިހާރުވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް