ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަނެއް ދިވެހިރާއްޖެއިން ބަަލައި ނުގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 6:30 ގައި ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަނެއް ދިވެހިރާއްޖެއިން ބަަލައި ނުގަންނާނެ ކަމަށެވެ.

މިއަދުގެ ސެޝަންގައި، ދިވެހިރާއްޖެއިން ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ. ދިވެހި ރާއްޖެއިން މިއަދުގެ ސެޝަނަށް ފެބްރުއަރީ 3، 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި، އދ ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ގައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކުރެއެވެ.

ޔޫޕީއާރު އަކީ، އދގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަން ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ރިވިއުއެކެވެ. ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން ވަނީ އެދިފައެވެ.

ޔޫޕީއާރުގައި ދިވެހި ރާއްޖެއިން ސޮއިކުރާއިރު އިސްލާމްދީނާއި ޚިލާފު ރިކޮމެންޑޭޝަންތައް ހިމެނޭ ކަމަށާއި އަދި މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރުމަށް އިސްލާމް ދީނާ ޚިލާފު ރިޕޯޓްތައް ނެރެފައިވާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާތައް ބައިވެރިވާކަން ފާހަގަކޮށް ރާއްޖޭގެ އަމިއްލަ ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

މަރިޔަން

05-Nov-2020

އެހެންވެގެނޭ މިސަރުކާރައް ތާއީދު ކުރެވެނީ


-11

ފާތުން

05-Nov-2020

މިނިސްޓަރ ސާހިދު ވަރުގެ ބޭފުޅެއް ނުހުންނާނެ


4

އަލީ

05-Nov-2020

ރަންގަޅު ނިންމުމެއް އަތުބާރު ކުރެވޭ މި ސަރުކާރައް


2

އިއްބެ

05-Nov-2020

ވަރައް ރަންގަޅު އސްސަރިބަހުން ހަމަސާބަސް



ޓްރެންޑިން