ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފުލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފުލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކުލަވާލި ވަގުތީ ލިސްޓް މިއަދު އާންމުކޮށްފި އެވެ.

ފްލެޓް ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ މީހުންނާއި ޝަރުތުހަމަނުވާ މީހުންގެ (ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު މިއަދު އާންމުކޮށްފައިވާ ކަމަށެވެ. އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ މީހުން، ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވާ ކަމަށް ފުލެޓް ކޮމެޓީން ބުނެ އެވެ.

ހިޔާ މަޝްރޫއުގެ ކެޓަގަރީތައް އެ ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ މީހުން އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނި ކުރެވޭނެ ކަމަށް އެކޮމެޓީން ހާމަކުރެއެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ މީހުންގެ ތެރެއިން، ދަރިން ބަލަމުންދާ ކަމަށް ބަޔާންކޮށް މަންމަ އަދި ބައްޕަ، ދެ ފަރާތުންވެސް ފޯމު ހުށަހަޅައި، ޝަރުތު ފުރިހަމަވާ މީހުންގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، މި ދެ މީހުންގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ މީހާ ކަށަވަރުކޮށް އެ މީހަކަށް ކަމަށްވެސް ފްލެޓް ކޮމެޓީން މައުލޫމާތުދެއެވެ.

މިއަދު އާންމުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށައެޅޭނެއެވެ. އަދި ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރެވޭނެ ކަމަށްވެސް ފްލެޓް ކޮމެޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން