އައްޑޫގައި މޫދަށް ގެނބުނު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި އެމީހާ އުސޫލާ ޚިލާފަށް ރަށުތެރޭގައި ވަނީ އުޅެފައެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުގައި ކޮވިޑް ޓެސްޓު ކުރުމުން ކަމަށް އެނގިފައިވެއެވެ.
އޭނާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވިކަން އެޗްޕީއޭއިން މިހާރު ވަނީ އަންގާފައެވެ. އަދި އޭނާ ސަލާމަތް ކުރަން މޫދަށް ފޭބި މީހާ ވެސް މިހާރު ވަނީ އެކަހެރިކޮށްފައެވެ. އެ މީހާ ޕޮޒިޓިވްވި ނަމަވެސް އެޗްޕީއޭ އިން މިރޭ ބުނީ އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވިޔަސް، އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށެވެ.
ކޮމިއުނިޓީ ސްޕްރެޑަކީ އެ އެޖެންސީން ބަލަންޖެހޭ ވަކި ކަންތައްތަކަކަށް ބެލުމަށްފަހު ކަނޑައަޅާ ކަމެއް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އެހެން ނަމަވެސް އައްޑޫގައި މިވަގުތު އެފަދަ އެއްވެސް ކަމެއް ނެތް ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު