ރ. ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައި، މި މަހުގެ 29 ވާ އާދީއްތަ ދުވަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މިއަދު ބޭއްވި ހުލާސާ ބަޔާން އިއްވުމުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ، މިއީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށެވެ. އަދި ދައުލަތުގެ މައިގަނޑު ހެކިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތަކީ ލުއިތަކެއް ހޯދުމަށް ދައުލަތާއެކު އެއްބަސްވުން ހަދައިގެން ތިބި ބަޔަކަށް ވާތީ، އެމީހުންގެ ހެކިބަހުގެ ސައްހަކަމާމެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
ރައީސް ޔާމީންގެ ދިފާއީ ޓީމުން ބުނީ، މިއީ އެމަނިކުފާނު ސިޔާސީ ގޮތުން އެކަހެރިކުރަން ހިންގާ އަމަލެއް ކަމަށެވެ. އަދި ހިޔާނާތް ހިންގި ކަމަށް އަދީބާއި ޒިޔަތު އިއުތިރާފުވާއިރު، އެކަމާ ރައީސް ޔާމީނާ ގުޅުވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މައްސަލައިގައި ރިޝްވަތު ދިން ކަމަށް ބުނާ ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންގޮސް، ފައިސާ ދައުރުކުރި ކަމަށް ތުހުމަތުވި ސަންގެ ކުންފުނިތައް ސަލާމަތްވުމުން ވެސް އިސްތިއުނާފު ނުކޮށް، ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދިއުމަކީ ދައުލަތުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު